ސަރުކާރުން މިވަގުތު ކުރަން ޖެހޭ މުހިންމު ހަ ކަމެއް އެބައޮތް: ޑރ. ޖަމީލް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިވަގުތު ކުރަން ޖެހިފައިވާ މުހިންމު ހަ ކަމެއް އެބައޮތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ. ޖަމީލް މިހެން ވިދާ...

23 Oct 2021 | 06:37

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިވަގުތު ކުރަން ޖެހިފައިވާ މުހިންމު ހަ ކަމެއް އެބައޮތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައި އެވެ. އެ ޓުވީޓުގައި ވަނީ މިފަހުން ރާއްޖޭގެ މަޝްރަހުގައި ހިނގާފައިވާ ބައެއްކަން ކަމާއި ގުޅޭ ހަބަރުތަކެއް ހިއްސާ ކުރައްވާފަ އެެވެ.

ޑރ. ޖަމީލް ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ހުވަޔަށް ރައީސް ކިޔަމަންވާން ޖެހޭ ކަމަށެވެ. އަދި ސަރުކާރުގެ މަޝްރޫއުތަކާއި ގުޅޭ އެއްބަސްވުންތައް ސިއްރުނުކޮށް ހާމަކުރަން ޖެހޭ ކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވީ ބަލިމީހުން ބަރޯގައި އުފުލަން ނުޖެހޭގޮތަށް ހިދުމަތްތައް ފުރިހަމަ ކުރުމަކީވެސް މިސަރުކާރުން މިހާރު ކުރަން ޖެހިފައިވާ މުހިންމު މަސައްކަތެއް ކަމަށެވެ. އަނިޔާކޮށް މަރާލި މަރުގެ ޙަގީގަތް ލަސްނުކޮށް ހޯދުމާއި އަމިއްލަފުޅު އޮފީހަށް ވާނުވާނޭގުން ނިމުމަކަށް ގެންނަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ޑރ. ޖަމީލް އިތުރަށް ވިދާޅުވީ ޕާޓީ މީހުންނަށް ވަޒީފާބެހުމަކީވެސް މި ސަރުކާރުން ހުއްޓާލަން ޖެހޭ ކަމެއް ކަމަށެވެ.

https://twitter.com/MJameelAhmed/status/1451790287567613955

އެމްޑީޕީގެ ހަރަކާތްތެރިންނަށް ސިޔާސީ މަގާމުތައް ދިނުމަކީ ދޭތެރެ ދޭތެރެއިން ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭ ކަމެކެވެ. މިފަހުން އެންމެ ގިނަ ބަޔަކު ފާޑުކިޔަމުން ދަނީ ހުޅުމާލޭ ކައުންސިލަރު ކަމަށް ވާދަކޮށް ނާކާމިޔާބުވި އެމްޑީޕީގެ ކެންޑިޑޭޓު ރިޒްނާ ޒަރީރަށް ޖެންޑާ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑައިރެކްޓަރުގެ މަގާމު ދިނުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް