ރާއްޖެއިން ކޮވިޑުގެ ބަލިމަޑުކަން ނެގީ ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެ އެެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ކޮވިޑް-19އާ ގުޅޭ ހައި-ލެވެލް ކޮންފަރެންސްގައި ވާހަކަދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ މިދިޔަ އަހަރު، ރާއްޖެއިން ފުރަތަމަ ފަހަރަށް ވަނީ، ސްޓޭޓް ސޭފްރީ ޕްރޮގްރާމަކާއި ސޭފްޓީ ޕްލޭނެއް ނެރެފައި ކަމަށެވެ.
ލިމިޓެޑް ފަންޑަކާއެކު ގިނަ ކަންކަން ކުރަން ބަލިމަޑުކަމުގެ ތެރޭގައި މަޖުބޫރުވެފައިވާ ކަމަށާއި އެހެންވެ، ކޮވިޑުގެ ބަލިމަޑުކަމުން ދަސްވި އެންމެ މުހިންމު އެއް ފިލާވަޅަކީ ގައުމީ ފެންވަރުގެ ސޭފްޓީ ރިސްކް މެނޭޖްމަންޓެއްގެ މުހިންމުކަން ކަމަށް ވެސް މިނިސްޓަރ ނަހުލާ ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރ ނަހުލާ ވަނީ ކޮވިޑުގެ ހާލަތުން ކުރިއަށްވުރެ ރަނގަޅަށް އަރައިގަނެ، އެއްވެސް ގައުމެއް ބާކީ ނުކޮށް އެގައުމުގައި މަސައްކަތް ކުރުމަށް ވެސް ގޮވާލައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް