އަންހެނަކަށް އަނިޔާކޮށްގެން ހައްޔަރު ކުރި ފިރިހެނެއްގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިއްޔެ ރޭ ދަންވަރު އެވެ. ފުލުހުން ބުނީ މައްސަލަ ހުށަހެޅީ 19 އަހަރުގެ އަންހެނަކަށް ފިރިހެނަކު އަނިޔާ ކުރި ކަމަށް ބުނެ ކަމަށެވެ.
މި މައްސަލައިގަ ފުލުހުން ހައްޔަރު ކުރީވެސް 19 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެމީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތެއް ޖަހައިދީފަ އެވެ.
ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އިއްޔެ ރޭ އެ އަންހެން މީހާއަށް ފިރިހެން މީހާ އަނިޔާ ކުރަން ފެށީ ހުޅުމާލޭގައި އަންހެން މީހާ ދިރިއުޅޭ ގެއިން ނެރެގެން ގެންދަމުންނެވެ. އަދި ގަދަކަމުން ސައިކަލަށް އަރުވައިގެން މާލެ ގެނެސް ފިރިހެން މިހާ ގެއަށް ވެއްދިއިރުވެސް ވަރަށް އަނިޔާ ކުރި ކަމަށްވެ އެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް