ކުޑައިރުގެ "ކްރަޝް"އާ ކައިވެނި ކުރެވުނު ނަމަ މިހާރު ކާފަ އަކަށް ވެދާނެ: ސަލްމާން

ކުޑައިރު އަޅައިގަތް ކުއްޖާ ނުވަތަ "ކްރަޝް" އާއި ކައިވެނި ކުރެވުނު ނަމަ މިހާރު ކާފައަކަށް ވެދާނެ ކަމަށް ސަލްމާން ހާން ބުނެފި އެވެ. އުމުރުން 55 އަހަރުގެ ބޮލީވުޑްގެ އެންމެ ކާމިޔާބު ބަތަލުންގެ ތެރޭގައި ހި...

23 Oct 2021 | 05:46

ކުޑައިރު އަޅައިގަތް ކުއްޖާ ނުވަތަ "ކްރަޝް" އާއި ކައިވެނި ކުރެވުނު ނަމަ މިހާރު ކާފައަކަށް ވެދާނެ ކަމަށް ސަލްމާން ހާން ބުނެފި އެވެ.

އުމުރުން 55 އަހަރުގެ ބޮލީވުޑްގެ އެންމެ ކާމިޔާބު ބަތަލުންގެ ތެރޭގައި ހިމެނޭ ސަލްމާން ކައިވެނި ނުކޮށް ހުރުމަކީ އަބަދުވެސް މީހުންގެ ސަމާލުކަން ހުއްޓިފައި އޮންނަ ކަމެކެވެ. އޭނާގެ ކައިވެންޏާއި ގުޅޭގޮތުން ކޮންމެ މީހަކު ވާހަކައެއް ދެއްކިއަސް ނޫސްތަކުގެ ފަލަ ސުރުހީތަކަށް ނާރާވާރެއް ނުވާނެ އެވެ.

މިފަހަރު ވައިގަ ހިފައިގެން އުޅެނީ ސަލްމާންގެ ކައިވެންޏާއި ގުޅޭގޮތުން އަޖޭ ދޭވްގަން އާއި އަންހެނުން ކާޖޮލް ދޭވްގަން މީގެ ކުރިން ކުރި ސުވާލަކަށް ސަލްމާން ދިން ޖަހާވެބެކެވެ. އެ ވާހަކަ ދައްކާފައިވަނީ ސަލްމާން ހޮސްޓު ކޮށްދޭ މަޝްހޫރު ޝޯ ބިގްބޮސް 13 ގެ އެޕިސޯޑެއްގައި އެވެ.

ދެމަފިރިން ސަލްމާން ކައިރީ އަހާފައިވަނީ އޭނާ އެއްވެސް އިރެއްގައި ގަޔާވެ ބޭނުންވި  މީހެއްކައިރީގައި އެ ވާހަކަ ނުބުނެ ވާނެތޯ އެވެ. ސުވާލަށް ޖަވާބު ދެމުން ސަލްމާން ބުނެފައިވަނީ އޭނާގެ ކުޑައިރުގެ ކްރަޝް އާއި ކައިވެނި ކުރެވުނު ނަމަ މިހާރު ކާފަ އަކަށް ވެދާނެކަމުގައެވެ.

އޭނާ ކުޑައިރު ގަޔާވި އެ ކްރަޝްގެ ނަން ހާމައެއް ނުކުރެ އެވެ. ބުނެފައިވަނީ ދެމީހުން ބައްދަލުވީ ސަލްމާންގެ އުމުރުން 15 އަހަރުގައި ކަމަށެވެ.  ސަލްމާން ބުނީ އެ އަންހެން ކުއްޖާ އާއި މެދު ދެކޭގޮތުގެ އިޙްސާސްތައް ދުވަހަކުވެސް މީހެއްގެ ކައިރީ ބަންޑުންކޮށްފައި ނުވާނެ ކަމަށެވެ.

އެ އަންހެން ކުއްޖާ ސަލްމާންގެ ތިން އެކުވެރިންނާއި ލޯބީގެ ގުޅުން ބޭއްވި ކަމަށްވެސް އޭނާ ބުންޏެވެ.

ސަލްމާނަށް އޭނާގެ އިހުސާސްތައް އަންހެން ކުއްޖާއަށް ހާމަ ނުކުރަން ނުކެރުނީ އޭނާ އިންކާރު ކޮށް ފާނެތީއެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި އެ އަންހެންކުއްޖާގެ ހިތުގައިވެސް ސަލްމާން އަށްޓަކައި ހަމަ އެފަދަ އިޙްސާސްތަކެއް އުފެދިފައިވެއެވެ.

ނަމަވެސް މިހާރު ސަލްމާންގެ ހިތުގައި އޭނާއަށް އެފަދަ ހާއްސަ ކަމެއްނެތް ކަމަށް ބުންޏެވެ. ސަލްމާން ބުނީ މިހާރު އޭނާ އަކީ ކުދިން ތަކެއްގެ މާމައެއްކަމަަށެވެ.

ކޮންމެއަކަސް ހިތް އެދޭ ފަރާތުގެ ލޯބި ލިބޭނީ މަދު މީހަކަށެވެ. ލޯބިވާނަމަ މާ ލަސް ވުމުގެ ކުރިން އަނެކާއަށް ތިމާގެ އިޙްސާސްތައް ހާމަ ކުރުމަކީ މުހިންމުކަމެކެވެ. ފަހަރުގައި އަނެކާގެ ލޯބި ލިބުންވެސް އެކަށީގެންވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް