ފިރިހެނުންގެ ސަމާލުކަން ހޯދަން އެއް ލޯ މަރާ ގޮތް ސާރާއަށް ނޭނގޭ ކަމަށް ރަންވީރު ބުނެފި

ބޮލީވުޑްގެ ބަތަލާ ސާރާ އަލީ ހާން އެއް ލޯ މަރާގޮތް ވައްތަރީ ލޫޓުވަން ދާން ހިތްވަރު ދިނުމާއި ކަމަށް ބަތަލް ރަންވީރު ސިންގް ބުނެފި އެވެ. ކަލާސް ޓީވީން ދައްކާ "ދި ބިގް ޕިކްޗާ" ޝޯގެ މި ހަފްތާގެ ޝޯގައި މެހު...

23 Oct 2021 | 05:16

ބޮލީވުޑްގެ ބަތަލާ ސާރާ އަލީ ހާން އެއް ލޯ މަރާގޮތް ވައްތަރީ ލޫޓުވަން ދާން ހިތްވަރު ދިނުމާއި ކަމަށް ބަތަލް ރަންވީރު ސިންގް ބުނެފި އެވެ.

ކަލާސް ޓީވީން ދައްކާ "ދި ބިގް ޕިކްޗާ" ޝޯގެ މި ހަފްތާގެ ޝޯގައި މެހުމާނުންނަކީ ސާރާ އާއި ޖާންވީ ކަޕޫރެވެ. އެ ޕްރޮގްރާމް ހޮސްޓު ކޮށްދެނީ ރަންވީރެވެ.

މިރޭ ދައްކާ އެ ޕްރޮގްރާމްގައި ރަންވީރު އެކްޓު ކުރާ ގޮތް ބެލުމުގެ ގޮތުން އެ ދެމީހުން ކައިރީ އެދެނީ ފިރިހެނުންގެ ސަމާލުކަން ހޯދަން އެއް ލޯ މެރުމަށެވެ. އަދި ދެމީހުން ލައްވާ އެތަން ކުޅުވުމަށް ރަންވީރު ހިންގާލަ އެވެ. ދެމީހުންގެ އެއް ލޯމެރުން ނިމުމުން ދެން ރަންވީރު އެމީހުންގެ ހުނަރަށް ކޮމެންޓު ކުރެ އެވެ.

ރަންވީރު ބުނީ ފިރިހެނުންގެ ހިތް ދަމައިގެންނަހެން ލޯމަރަން ޖާންވީއަށް އެނގޭ ކަމަށެވެ. އެކަމަކު ސާރާ އެ ލޯ މެރީ ކިހިނެއްތޯ ސުވާލުކޮށްފަވެ އެވެ.

ސާރާ ލޯ މެރިގޮތް ވައްތަރީ އޭނާ އާއި އެކު ފައިސާތަކެއް ލޫޓުވަންދާ އަންނާށޭ ބުނާގޮތަށް ކަމަށް ރަންވީރު ބުންޏެވެ. އަދި އެއްގޮތަކަށްވެސް އެގޮތަށް ލޯމެރުން ކަމު ނުދާ ކަމަށް ބުންޏެވެ.

https://www.instagram.com/p/CVVLojdKtJ-/

މި ޝޯ ދައްކާނީ މިރޭ ރާއްޖޭ ގަނޑިން 7:30 ގައި އެވެ. މިރޭގެ ޝޯގެ އިޝްތިހާރު އާންމު ކުރުމުން ކޮމެންޓު ކުރި ބައެއް މީހުން ބުނީ ސާރާއަށް އެކްޓު ކުރަން ނޭނގޭކަން ރަނގަޅަށް ރަންވީރަށް އެނގޭ ކަމަށެވެ.

އެހެންވެ ޖާންވީ އާއި ދެމީހުންގެ ދެމެދުގައި އެކްޓު ކުރުމުގައި ހުރި ފަރަގު ސާރާއަށް ބުނެދޭން ބޭނުންވީ ކަމަށް ބުނެފައިވެ އެވެ. އަދި ނުސީދާކޮށް ސާރާ ބޭޒާރުކޮށްލީ ކަމަށް ބުނެ ބައެއް މީހުން ޖޯކު ޖަހާފައިވެ އެވެ.

ސާރާ އާއި ރަންވީރު ވަނީ މީގެ ކުރިން ފިލްމު "ސިމްބާ" ގައި މަސައްކަތް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް