ރައީސުލްޖުމްހޫރިއްޔާ މިއަދު ކުޅުދުއްފުށީ ސިޓީއަށް ވަޑަޢިގަންވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ކުޅުދުއްފުށީ ސިޓީ އަށް ވަޑައިގެންނެވުމަށް ނިންމަވައިފިއެވެ. މައުލޫމާތު ލިިބިފައިވާ ގޮތުގައި ރައީސް ޞާލިޙް ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނީ މިއ...

23 Oct 2021 | 04:35

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ކުޅުދުއްފުށީ ސިޓީ އަށް ވަޑައިގެންނެވުމަށް ނިންމަވައިފިއެވެ.

މައުލޫމާތު ލިިބިފައިވާ ގޮތުގައި ރައީސް ޞާލިޙް ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. ރައީސް އެ ސިޓީ އަށް ވަޑައިގަންނަވަނީ ޒުވާނުންގެ ދުވަހާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ގޮތުންނެވެ.

އެގޮތުން މިއަދު ހަވީރު ކުޅުދުއްފުށީ ރަސްމީ ބޯޅަ ދަނޑުގައި ޓާފް އަޅައި ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އެ ދަނޑު ހުޅުވުމުގެ ގޮތުން ބައްދަލުކުރާނީ ކުޅުދުއްފުށިން ހޮވާލެވޭ ޓީމަކާއި ރާއްޖޭގެ ގައުމީ ޓީމެވެ.

މީގެއިތުރުން މިރޭ ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި ބާއްވާ މި ޖަލްސާ ފަށާނީ މިރޭ 8:30 ގަ އެވެ.

މިއަހަރުގެ ޒުވާނުންގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީގައެވެ. އެގޮތުން އެ ސިޓީގައި އިއްޔެ ވެސް ވަނީ މި ދުވަސް ފާހަގަކުރުމުގެ ގޮތުން ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ.

ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް މިހާރު ކުޅުދުއްފުށީ ސިޓީގައި ފަށާފައިވާއިރު, ކުރިއަށް އޮތް ދެ ހަފުތާއަށް ވެސް ގިނަ ހަރަކާތްތަކެއް ވަނީ އިންތިޒާމްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް