ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ އަދަދު 394،000 އަށް އަރަނީ

ރާއްޖެއިން ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ އަދަދު  393،946 އަށް އަރައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސި (އެޗްފީއޭ) ގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މިހާރު ކުރިއަށް ގެންދާ ޤައުމީ ވެކ...

23 Oct 2021 | 03:59

ރާއްޖެއިން ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ އަދަދު  393،946 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސި (އެޗްފީއޭ) ގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މިހާރު ކުރިއަށް ގެންދާ ޤައުމީ ވެކްސިން ޕްރޮގްރާމްގެ ތެރެއިން މިމަހުގެ 21 ވީ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ އަދަދު ވަނީ 393،946 އަށް އަރާފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވެކްސިންގް ފުރަތަމަ ޑޯޒު ބުރާސްފަތި ދުވަހު 68 މީހަކަށް ޖަހައިދީފައިވެއެވެ. މީގެ ތެރެއިން 55 މީހުނަކީ މާލެ ސަރަހައްދުން ވެކްސިނުގެ ދެވަނަ ޑޯޒް ޖެހި މީހުނެވެ.  އަދި އަތޮޅުތަކުން އެ ދުވަހު ވެކްސިންގެ ދެވަަނަ ޑޯޒު ފުރިހަމަ ކުރީ 13  މީހުނެވެ.

ބުރާސްފަތި ދުވަހު 665 މީހަކު ވަނީ ކޮވިޑް ވެކްސިން ދެވަނަ ޑޯޒު ޖަހައިދީ ފައިވެއެވެ. މީގެ ތެރެއިން 553 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިންގެ ދެވަނަ ޑޯޒު ޖެހި މީހުންނެވެ.  އަދި އަތޮޅު ތަކުން އެދުވަހު ވެކްސިންގެ ދެވަނަ ޑޯޒު ޖެހީ 112 މީހުންނެވެ.

މިހާތަނަށް ވެކްސިންގެ ދެވަނަ ޑޯޒު ޖަހާފައިވަނީ353،773 މީހުންނެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ދިނުމަށް ބޭނުންކުރަނީ ސިނޮފާމް، އެސްޓްރަޒެނިކާ އަދި ފައިޒާ ވެކްސިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް