ރައިދާސް މޯލްޑިވްސް ސްޕްރިންގ ސަމަރ ކަލެކްޝަން އިފްތިތާޙުކުރުމުގެ ޙަފްލާގައި މެޑަމް ފަޒުނާ ބައިވެރިވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު، "އޭޑީ އެސްޓްރާ: ރައިދާސް މޯލްޑިވްސް ސްޕްރިންގ ސަމަރ ކަލެކްޝަން 2022" އިފްތިތާޙުކުރުމުގެ ޙަފްލާގައި މި...

22 Oct 2021 | 19:12

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު، "އޭޑީ އެސްޓްރާ: ރައިދާސް މޯލްޑިވްސް ސްޕްރިންގ ސަމަރ ކަލެކްޝަން 2022" އިފްތިތާޙުކުރުމުގެ ޙަފްލާގައި މިރޭ ބައިވެރިވެވަޑައިގަންނަވައިފި އެވެ.

ދަ މެރީނާ އެޓް ކްރޮސްރޯޑްސްގައި ބޭއްވެވި މި ޙަފްލާއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ 'ރައިދާސް މޯލްޑިވްސް ފިހާރަ ވެސް ބައްލަވާލައްވާފައެވެ. އެދެކަނބަލުންގެ އަރިހުގައި ފިހާރައިގެ ވެރިފަރާތް އަދި މަޝްހޫރު ޑިޒައިނަރެއް ކަމުގައިވާ ރައިދާ ޝަފީޤް ވަނީ ބައިވެރިވެވަޑއިގެންފަ އެވެ.

ރައިދާސް މޯލްޑިވްސް އަކީ 2015 ވަނަ އަހަރު ވުޖޫދަށްގެނައި ދިވެހި ފެޝަން ލޭބަލްއެކެވެ. މި ލޭބަލް ޚާއްޞަކުރެވިފައި ވަނީ އަންހެން ބޭފުޅުންގެ ތަފާތު ވައްތަރުގެ ހެދުންތަކަށެވެ.

ފާއިތުވި އަހަރުތަކުގައި ރައިދާސް މޯލްޑިވްސް ގެ ހެދުން ކަލެކްޝަންތައް ވަނީ އެކި ޤައުމުތަކުގައި ދައްކާލައި، ފެޝަންގެ ދުނިޔޭގައި މީހުންގެ މަޤްބޫލުކަން ހޯދާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް