ކަރަންޓު ކަނޑައިގެން ދިޔުމުގެ މައްސަލައަށް ހައްލެއް ލިބޭނީ ސިނާއި ސަރަހައްދުގައި ޕަވާ ހައުސް ގާއިމު ކޮށްގެން: މުއިއްޒު

މާލޭއަށް ދިމާވެފައިވާ ކަރަންޓު ކަނޑައިގެން ދިޔުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ އިންޑަސްޓްރިއަލް ވިލެޖުގައި ސްޓެލްކޯގެ ޕަވާ ހައުސް ގާއިމްކޮށްގެން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަ...

23 Oct 2020 | 10:32

މާލޭއަށް ދިމާވެފައިވާ ކަރަންޓު ކަނޑައިގެން ދިޔުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ އިންޑަސްޓްރިއަލް ވިލެޖުގައި ސްޓެލްކޯގެ ޕަވާ ހައުސް ގާއިމްކޮށްގެން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު މާލެއިން ހަތަރު ގަނޑިއިރަށް ކަރަންޓު ކަނޑައިގެން ދިޔުމާ ގުޅިގެން މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލެއަށް ދިމާވެފައިވާ ކަރަންޓު ކަނޑައިގެން ދިޔުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބެން އޮތީ، މީގެ ތިން އަހަރު ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަށާފައިވާ މަޝްރޫއު އަވަހަށް ނިންމައި، 2018 ވަނަ އަހަރު އިންޑަސްޓްރިއަލް ވިލެޖުން ސްޓެލްކޯއަށް ދީފައިވާ ބިމުގައި ވީހާވެސް އަވަހަކަށް ޕަވާ ހައުސް ގާއިމްކޮށްގެން ކަމަށެވެ.

"ބްރިޖު ހުރަސްކޮށް މާލެއާ ހުޅުމާލެ ޕަވާ ގްރިޑް ގުޅާލުމަށް މީގެ ތިން އަހަރު ކުރިން ފައްޓަވާފައިވާ މަޝްރޫއު އަވަހަށް ނިންމުމާއި، މާލޭ އިންޑަސްޓްރިއަލް ވިލެޖެއިން ސްޓެލްކޯއަށް 2018 ގައި ދީފައިވާ ބިމުގައި ގާއިމުކުރަން ހަވާލުކުރި ޕަވާހައުސް ގާއިމް ކުރުމަކީ މާލޭގެ ކަރަންޓުގެ މައްސަލައިގެ ދާއިމީ ހައްލު" މުއިއްޒު ވިދާޅުވި އެވެ.

މުޅި މާލެއިން މިއަދު ކަރަންޓު ކަނޑައިގެން ދިޔުމާ ގުޅިގެން ސްޓެލްކޯއިން ބުނީ، އެކަން ދިމާވީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. އެ މައްސަލަ ހައްލުކޮށް މުޅި މާލެއަށް ކަރަންޓު ދެވުނުއިރު ވަނީ ހަތަރު ގަނޑިއިރުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް