ގުޅީފަޅާ ދިމާލުން ބޭރުގައި އަޅާފައި އޮތް ބޯޓަކުން ވެއްޓުނު މީހާ މަރުވެއްޖެ އެވެ.
އައިޖީއެމްއެޗުން ބުނީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އެ މީހާ "ވިކްޓޯރިއާ 267" ކިޔާ ބޯޓު ތެރެއަށް ވެއްޓި ބޯ ފަޅައިގެން ދިޔަ ކަމުގެ ރިޕޯޓު ލިބިފައި ވަނީ މިއަދު ހެނދުނު 11:15 ހާއިރު ކަމަށެވެ. އަދި އޭނާ މާލެ ގެނެވުނީ މެންދުރު 12:10 ހާއިރު ކަމަށެވެ.
މަޢުލުމާތު ލިބިފައިވާ ގޮތުގައި އެއީ އުމުރުން 64 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް ޔަގީނެއް ނުވެ އެވެ.
މި ހާދިސާ ހިނގާފައިވާ އިރު، އައިޖީއެމްއެޗާ ދިމާލުން މޫދުގައި ވެސް މަރުވެފައި އޮތް ދިވެހި ފިރިހެނަކު މިއަދު ހެނދުނު ވަނީ ފެނިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް