ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 12 ފަރާތަކުން އެ މަގާމަށް ކުރިމަތިލައިފިއެވެ.
ހައިކޯޓުން ހުޅުވާލީ އެ ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށެވެ. އެއީ 17ވަނަ ރައްޔިތުންގެ މަޖިލީހުން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގައި އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު 11އަށް ބަދަލު ކުރުމުންނެވެ. ޖޭއެސްސީއިން މިއަދު ހާމަކުރި ގޮތުގައި ހައިކޯޓު ފަނޑިޔާރު ކަމަށް މުއްދަތު ހަމަވީއިރު 12 ބޭފުޅަކު ވަނީ ކުރިމަތިލައްވާފަ އެވެ. ނަމަވެސް ޖޭއެސްސީއިން އެއީ ކޮން ބޭފުޅުންނެއް ކަމެއް ހާމައެއް ނުކުރެ އެވެ.
ހައިކޯޓު ފަނޑިޔާރުންނަށްނ މަހު މުސާރައެއްގެ ގޮތުގައި 36،000 ރުފިޔާ ލިބޭނެއެވެ. އަދި ލިވިން އެލަވަންސެއްގެ ގޮތުގައި 15،000 ރުފިޔާ ލިބޭއިރު ރިސްކު އެލަވަންސްގެ ގޮތުގައި 3300 ރުފިޔާ ލިބޭނެއެވެ. އަދި ފޯނު އެލަވަންސާއި މެޑިކަލް އިންޝުއަރެންސް މަޖިލީހުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ލިބިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް