ހިޔާނާތުގައި ބައިވެރިވި ފަނޑިޔާރުންގެ މައްސަލަތައް ޖޭއެސްސީން ބަލަނީ

ރާއްޖޭގައި މިފަހުގެ ތާރީހެއްގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ނިންމައިފިއެވެ. ...

23 Oct 2019 | 13:32

ރާއްޖޭގައި މިފަހުގެ ތާރީހެއްގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެެރުނު ބަޔާނެއްގައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ފަނޑިޔާރުން ތިބި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ރައްޔިތުން މަޖިލީހުގައި ވިދާޅުވެފައިވާތީ އެ މައްސަލަ ތަހުގީގު ކުރަން އެ ކޮމިޝަންގެ ޖަލްސާގައި މިއަދު ނިންމާފައިވާ ކަމަށެވެ. އަދި އެކަމުގެ ތުހުމަތު ކުރެވޭ ފަނޑިޔާރުންނާއި އެކަމާ ގުޅޭ ހެކިތައް އެ ކޮމިޝަނަށް ހޯދަން ކަމާބެހޭ ފަރާތްތަކުގައި އެދުމަށް ވެސް ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ޖޭއެސްސީން މިގޮތަށް ބުނެފައިވާއިރު ފަނޑިޔާރުންގެ ޖަމިއްޔާއިން ނެރެފައިވާ ބަޔާނެއްގައި ވަނީ އެއްވެސް ފަނޑިޔާރަކަށް ޖިނާއީ ތުހުމަތެއް ކުރެވިއްޖެ ކަމަށްވާނަމަ އެ ފަނޑިޔާރެއްގެ މައްސަލަ ބަލާ ތަހުގީގު ކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ގޮވާލައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް