އައްޑޫ ކަރަންޓުގެ މަޝްރޫއު 37.5 މިލިއަން ޑޮލަރަށް ޗައިނާ ކުންފުންޏަކަށް

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި 37.5 މިލިއަން ޑޮލަރަށް ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފި އެވެ. ހިތަދޫގެ 20 މެގަވޯޓުގެ ކަރަންޓުގެ މަޝްރޫއު ކުރިއަށްގެންދިއުމަށް ދި...

23 Oct 2019 | 08:56

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި 37.5 މިލިއަން ޑޮލަރަށް ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފި އެވެ.

ހިތަދޫގެ 20 މެގަވޯޓުގެ ކަރަންޓުގެ މަޝްރޫއު ކުރިއަށްގެންދިއުމަށް ދިވެހި ރުފިޔާގެ 570 މިލިއަންގެ މި މަޝްރޫއު ހަވާލުކުރީ ޗައިނާގެ ޑޮންގްފަންގ އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާ އެވެ. މި ކުންފުންޏަކީ މާލެ އާއި ހުޅުމާލޭގެ ކަރަންޓު ނެޓްވޯކް ގުޅުވުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކުންފުންޏެވެ.

މި މަޝްރޫއުގައި މިއަދު ސޮއިކޮށްފައި ވަނީ މިއަދު މާގިރި ހޮޓެލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަޝްރޫއު ފުރިހަމަކުރެވުމުން ދެކުނުގައި ދިމާވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި ނަތީޖާއެއްގެ ގޮތުން ސަރުކާރުން ދެކުނުގައި ހިންގުމަށް ރާވަފައިވާ އިޤްތިސާދީ މަސައްކަތްތައް ފެށުމަށް އިތުރު ހަލުވިކަމެއް ލިބޭނެ ކަމަށްވެސް އެމިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން އައްޑޫގެ އިތުރުން މުޅި ރާއްޖޭގައި ވެސް ކަރަންޓުގެ މައްސަލަ ވަރަށް ބޮޑު ކަމަށާއި މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު އެކަން އެއްކޮށް ހައްލު ކުރާނެ ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.

އައްޑޫ ކަރަންޓުގެ މަޝްރޫއު އެކުންފުންޏާ ހަވާލުކުރީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އެފައިސާ ކަނޑައަޅާ މުއްދަތެއްގައި ސަރުކާރުން އަނބުރާ ދައްކާ ގޮތަށެވެ. މި މަޝްރޫއަށް އެކުންފުނިން ޚަރަދުކުރާ ފައިސާ 10 އަހަރުގެ ތެރޭ ސަރުކާރުން އަނބުރާ ދައްކަން ޖެހޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް