ރާއްޖޭގެ އުތުރުގެ ރަށެއްގައި ބިދޭސީ ޓީޗަރަކު ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، އުތުރުގެ ރަށެއްގައި ބިދޭސީ ޓީޗަރަކު އަންހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކުރެވޭ މައްސަލައެއް ފެމިލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރާއި ފުލުހުން ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.
ފުލުހުން މި މައްސަލަ ބަލަމުން އަންނައިރު، މައުލޫމާތު ލިބޭގޮތުގައި މިކަމާ ގުޅިގެން ބިދޭސީ ޓީޗަރު މިހާރު ވަނީ ސަސްޕެންޑް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް