ޔަމަކީގެ އިސްވެރިންނާ ރައީސް ބައްދަލުކުރައްވައިފި

ޔަމަކީ ކޯ ލިމިޓެޑްގެ ރައީސް، ޔޮޝިހިރޯ އާއި އެކުންފުނީގެ އިސްބޭފުޅުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފި އެވެ. ޔަމަކީގެ ރައީސްގެ އިތުރުން އެކުންފުނީގެ ސީނިއަރ މެ...

23 Oct 2019 | 08:20

ޔަމަކީ ކޯ ލިމިޓެޑްގެ ރައީސް، ޔޮޝިހިރޯ އާއި އެކުންފުނީގެ އިސްބޭފުޅުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފި އެވެ.

ޔަމަކީގެ ރައީސްގެ އިތުރުން އެކުންފުނީގެ ސީނިއަރ މެނޭޖުމަންޓުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި މި ބައްދަވުމުގައި މަސްވެރިކަމާބެހޭ ދާއިރާއިން ރާއްޖެއަށް އިންވެސްޓްމަންޓްގެ ފުރުސަތުތައް އިތުރުކުރުމާ ބެހޭގޮތުން މިއަދު ވަނީ މަޝްވަރާކުރައްވާފައެވެ.

އްޑޫގައި ހުންނަ "ޔުއަރ މޯލްޑިވިއަން އައްޑޫ ކަޓުސުސުއޮބުޝި ޕްރައިވެޓް ލިމިޓެޑް" އަކީ ޔަމާކީ ކޯ ލިމިޓެޑްގެ ސަބްސިޑަރީ ކުންފުންޏެކެވެ. އައްޑޫގައި ހުންނަ މި ފެކްޓްރީން "ކަޓުސުއޮބުޝި" އުފެއްދުމަށް ރާއްޖޭގެ މަސްވެރިންގެ އަތުން އަހަރަކު 200 ވަރަކަށް ޓަނުގެ މަސް ގަނެއެވެ.

ޔަމާކީގެ އޮފިޝަލުން ވަނީ އެ ކުންފުނީގެ ވިޔަފާރި ރާއްޖޭގައި އިތުރަށް ފުޅާކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ރައީސް އާއި މަޝްވަރާކުރައްވާފައެވެ.

ޔަމަކީން އައްޑޫގައި ޤާއިމުކޮށްފައިވާ ފެކްޓްރީގައި " ކަޓުސުއޮބުޝި" އުފެއްދުމާއި މަހުގެ އުފެއްދުންތައް އުފެއްދުމަށް ދިގުމުއްދަތަކަށް ރާއްޖޭގައި އިންވެސްޓްކޮށްފައިވާތީ އެކަން ފާހަގަކުރައްވާ ކުންފުނީގެ ވެރިންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް