އިންޑިއާ ކަނޑުގެ އެންމެ ރަގަޅު ސްޕާ މަންޒިލަކަށް އަނެއްކާވެސް ރާއްޖެ

އިންޑިއާ ކަނޑުގެ އެންމެ ރަގަޅު ސްޕާ މަންޒިލަކަށް އަނެއްކާވެސް ދިވެހިރާއްޖެ ހޮވިއްޖެ އެވެ. ވޯލްޑް ސްޕާ އެވޯޑްސްގެ "އިންޑިއަން އޯޝަންސް ލީޑިންގ ސްޕާ ޑެސްޓިނޭޝަން އެވޯޑް" ރާއްޖެ އަށް ލިބުނު މީ ފަސްވަނަ ފ...

23 Oct 2019 | 07:51

އިންޑިއާ ކަނޑުގެ އެންމެ ރަގަޅު ސްޕާ މަންޒިލަކަށް އަނެއްކާވެސް ދިވެހިރާއްޖެ ހޮވިއްޖެ އެވެ.

ވޯލްޑް ސްޕާ އެވޯޑްސްގެ "އިންޑިއަން އޯޝަންސް ލީޑިންގ ސްޕާ ޑެސްޓިނޭޝަން އެވޯޑް" ރާއްޖެ އަށް ލިބުނު މީ ފަސްވަނަ ފަހަރެވެ. މިދިޔަ ހަތަރު އަހަރުވެސް މި އެވޯޑު ވިދިވިދިގެން ލިބިފައި ވަނީ ރާއްޖެ އަށެވެ.

ސްޕާ އެވޯޑު ހަފްލާ ބާއްވައިފަ ވަނީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭ ދުބާއީގެ އަރުމާނީ ހޮޓެލްގައެވެ. މި އެވޯޑާއި ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގަތީ ދިވެހިރާއްޖޭގެ ފަރާތުން ޔޫ.އޭ.އީ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ހުސައިން ނިޔާޒެވެ.

އެމްއެމްޕީއާރުސީން ބުނީ، އިންޑިއާ ކަނޑުގެ އެންމެ ރަގަޅު ސްޕާ މަންޒިލަކަށް ރާއްޖެ ހޮވިގެންދިއުމަކީ މިސަރަހައްދުގައި ހިމެނޭ އެންމެ މަގްބޫލު މަންޒިލްގެ ގޮތުގައި ރާއްޖެ އިތުރަށް އިސްތިހާރުވެ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޝައުގުވެރިކަން އިތުރު ވެގެންދާނެ ކަމެއް ކަމެއްކަމަށެވެ.

މި އެވޯޑަކީ 2015 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. ފެށުނީއްސުރެ ކޮންމެ އަހަރަކު ވެސް "އިންޑިއަން އޯޝަންސް ލީޑިންގ ސްޕާ ޑެސްޓިނޭޝަން އެވޯޑް" ލިބިފައި ވަނީ ރާއްޖެ އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް