ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު ކަމަށް އާންމުންގެ ތެރެއިން ހަ ފަރާތަކުން ކުރިމަތިލައިފިއެވެ.
ޖޭއެސްސީއަށް އާންމުގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެމްބަރުކަމަށް ކުރިމަތި ލައްވާފައިވާ ބޭފުޅުންނަކީ ޒުބައިރު އަޙްމަދު މަނިކާއި، ޢަލީ މުޙައްމަދު މަނިކާއި، އަޙްމަދު ނިޤްމާދާއި، އަޙްމަދު ސާވީއާއި، މިރުފަތު ފާއިޒްގެ އިތުރުން ހުސެއިން އަމްރުއެވެ.
މިބޭފުޅުންގެ ނަންތައް ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
ޖޭއެސްސީ އެކުލެވިގެންވަނީ، އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ބަންޑާރަ ނާއިބާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން ހައިކޯޓުން ކަނޑައަޅާ ފަނޑިޔާރަކާއި ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެއްގެ މައްޗަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް