ގދ. ގައްދޫ އަދި ތ. ތިމަރަފުށީ މަގުތައް ހަދައިދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިދެ ރަށުގެ މަގު ހެދުމުގެ މަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި ދިވެހި ރުފިޔާ ނުވަތަ ޑޮލަރުވެސް ހުށަހެޅިދާނެ ކަމަށެވެ.
އެމިނިސްޓްރީން ބުނީ، ގައްދޫގެ މަގު ހެދުމުގެ މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ބިޑް ސެކިޔުރިޓީގެ ގޮތުގައި 750،000 ރުފިޔާ ނުވަތަ އެއާ އެއްވަރުގެ އަދަދަކުން ޑޮލަރު ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން ތިމަރަފުށީ މަގުހެދުމުގެ މަސައްކަތުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 350،000 ރުފިޔާ ނުވަތަ އެއާ އެއްވަރަށް ޑޮލަރު ހުށަހަޅަން ޖެހޭނެ ކަމަށް ފިނޭސުން ކުރި އިއުލާނުގައި ވެއެވެ.
ކޮންމެ ބިޑެއްގައި ބައިވެރިވުމަށް 1500 ރުފިޔާ ނުވަތަ 100 ޑޮލަރުގެ ނަން ރިފަންޑަބަލް ރެޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭއިރު، މިއަދުން ފެށިގެން އަންނަ މަހުގެ 20ގެ ނިޔަލަށް ފައިސާ ބަލައިގަންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ބިޑް ހުޅުވުން މިމަހުގެ 21 ވަނަ ދުވަހު ބާއްވާ ގޮތަށް ނިންމާފައިވާއިރު، ކުރިއަށް ގެންދާނީ އިންޓަރނޭޝަނަލް ކޮމްޕެޓެޓިވް ބިޑިން އުސޫލުގެ ދަށުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް