ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑީޔާރު ޑރ. އަބްދުﷲ ދީދީ މިސްރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ޗީފް ޖަސްޓިސް ސައީދު މަރްއީ އުމަރާއި ބައްދަލުކުރައްވައިފިއެވެ.
އިއްޔެ ބޭއްވުނު މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރާއި މިސްރުގެ ޖުޑިޝަރީއާ ދެމެދުގައި އެއްބާރުލުން ވަރުގަދަކޮށް ގުޅުންބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
މި ބައްދަލުވުމުގައި ސުޕްރީމް ކޯޓުގެ ޑެޕިއުޓީ ޗީފް ޖަސްޓިސް ޑރ. އާދިލް އުމަރު ޝަރީފާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޢަބްދުލްގަނީ މުހައްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އުއްތަމަ ފަނޑިޔާރު މިސްރަށް ދަތުރުފުޅެއް ކުރައްވަމުން ގެންދަވަނީ ޖޭއެސްސީ އިން އެމަނިކުފާނުގެ ސުލޫކީ މައްސަލައެއް ބަލަމުން ދަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް