ކޮބާ ކައިވެނި ކުރާކަށް ނުވޭ؟ ނިކީ މިނާޖް ވެސް ކައިވެނިކޮށްފި

ހޮލީވުޑުން ދާދިފަހުން ރިޓަޔާވި ރެޕް ލަވަކިޔުންތެރިޔާ ނިކީ މިނާޖް ކައިވެނިކޮށްފި ކަމަށް އޭނާ އިއުލާނުކޮށްފިއެވެ. އޭނާ ކައިވެނިކުރިކަން އިއުލާނުކުރީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކުރި ވީޑިއ...

23 Oct 2019 | 04:44

ހޮލީވުޑުން ދާދިފަހުން ރިޓަޔާވި ރެޕް ލަވަކިޔުންތެރިޔާ ނިކީ މިނާޖް ކައިވެނިކޮށްފި ކަމަށް އޭނާ އިއުލާނުކޮށްފިއެވެ.

އޭނާ ކައިވެނިކުރިކަން އިއުލާނުކުރީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކުރި ވީޑިއޯއަކުންނެވެ. އެ ޕޯސްޓުން ދެ ޖޯޑު ފެންނައިރު، އެއް ޖޯޑުގައި "މިސްޓަރ" އަނެއް ޖޯޑުގައި "މިސް" ޖަހާފައި ހުންނަތަން ފެނެއެވެ. އަދި ދެ ތޮފި ފެންނައިރު އެއް ތޮފީގައި "ބްރައިޑް" އަދި އަނެއް ތޮފީގައި "ގްރޫމް" ޖަހާފައިވާ މަންޒަރު ފެނެއެވެ.

ނިކީ ކައިވެނިކުރީ އަހަރަކަށްވުރެ ގިނަދުވަހު ރައްޓެހިވެގެން އުޅުމަށްފަހު އޭނާގެ ލޯބިވެރިޔާ ކެނެތު ޕެރީއާއެވެ.

ކައިވެނިކުރާ މީހަކާއި އެކީ ގިނަ ދަރިންތަކެއް ބޭނުންވާކަމަށް ނިކީ ކުރިން ދިން އިންޓަވިއުއެއްގައި ވަނީ ބުނެފައެވެ. އަދި މިއުޒިކް ދާއިރާއިން ރިޓަޔާވީ ވެސް ކައިވެނިކޮށްގެން އާއިލާއެއް ފެށުމަށް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މި ދުވަސްކޮޅަކީ ހޮލީވުޑް ތަރިން ކައިވެނިކުރާ މޫސުމެވެ. އެގޮތުން ހޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޖެނިފާ ލޯރެންސް ވަނީ މިދިޔަ ހަފްތާ ކައިވެނިކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް