ދޮންކުލަ އަކީ އޭނާ އަށް ހާއްސަ ކުލައެއް ކަމަށާއި، އެކުލައަކީ އޭނާ އާއި އެންމެ ގުޅޭ ކުލަ ކަމަށް ކެޓްރީނާ ބުނެފިއެވެ.
ކެޓްރީނާ އަށް އެންމެ ރީތި ކުލަތަކަކީ ފިޔާތޮށި އަދި ހުދު ނަމަވެސް ހެދުމެއް ލަންޏާ އެންމެ ގުޅޭނީ ދޮން ނުވަތަ ރީންދޫ ކުލަ ކަމަށް އޭނާ ބުންޏެވެ. އަދި އެކުލަ އުފެދިގެން އައީ ވެސް އޭނާ އަށް ހާއްސަކޮށްގެން ކަމަށް އޭނާ ވަނީ ބުނެފައެވެ.
ދާދިފަހުން އޭނާގެ އަމިއްލަ ކޮސްމެޓިކް ޕްރޮޑަކްޓް ކަމަށްވާ ”ކޭ ބިއުޓީ" ލޯންޗުކުރި ރަސްމިއްޔާތު ނިންމާލުމަށްފަހު ދިން އިންޓަވިއުއެއްގައި ކެޓްރީނާ ބުނީ، އެކުލައަކީ އޭނާގެ ހަންގަނޑާވެސް ވަރަށް ގުޅޭ ކުލައެއް ކަމުގައެވެ. އެހެންކަމުން އަބަދުވެސް ހެދުން ލާނެ ކުލައެއް ވިސްނާއިރު އެންމެ ފުރަތަމަ ވެސް ހިތަށް އަރާ ކުލައަކީ ދޮން ކުލަކަމުގައި އޭނާ ބުންޏެވެ.
ކެޓްރީނާގެ އަމިއްލަ ވިޔަފާރިއެއް ފެށިއިރު، ލޯންޗުކުރުމުގެ ހަފްލާގައި ވެސް އޭނާ ލައިގެން ހުރީ މަޑު ދޮންކުލައިގެ ހެދުމެކެވެ. މީގެ އިތުރުން ވެސް ގިނަ ހަފްލާތަކުގައި އެކުލައިން ހެދުން އަޅައިގެން ހުންނަތަން ވަރަށް ގިނައިން ފެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް