ޝާހިދުގެ އާ އަވަށްޓެރިއަކީ ކާކުކަން އިނގޭތަ؟

ބޮލީވުޑްގެ "ކަބީރް ސިންގ" ޝާހިދު ކަޕޫރް އާ ފްލެޓެއް ގަތް ވާހަކައާއި އެކު އޭނާގެ އާ އަވަށްޓެރިއަކީ ދިޕިކާ ޕަދުކޯން ކަމަށް ޚަބަރުތައް ފެތުރިއްޖެ އެވެ. ދާދިފަހުން ޝާހިދު އާ ފްލެޓެއް ގަނެފައިވާއިރު، ދިޕިކ...

23 Oct 2019 | 04:07

ބޮލީވުޑްގެ "ކަބީރް ސިންގ" ޝާހިދު ކަޕޫރް އާ ފްލެޓެއް ގަތް ވާހަކައާއި އެކު އޭނާގެ އާ އަވަށްޓެރިއަކީ ދިޕިކާ ޕަދުކޯން ކަމަށް ޚަބަރުތައް ފެތުރިއްޖެ އެވެ.

ދާދިފަހުން ޝާހިދު އާ ފްލެޓެއް ގަނެފައިވާއިރު، ދިޕިކާ އުޅެނީ އެހިސާބުގައި ކަމަށް ރިޕޯޓުތައް ބުނަން ފެށުމުން ޝާހިދު ވަނީ އެކަމަށް ރައްދެއްވެސް ދީފައެވެ. މިއަހަރުގެ ފަހުކޮޅު ޝާހިދު އޭނާގެ އާއިލާ އާއި އެކު އެ ފްލެޓަށް ބަދަލުވާނެ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ.

ޝާހިދު ބުނީ އެއީ ހުސް ދޮގު ކަމަށާއި ދިޕިކާ އުޅެނީ އެ ސަރަހައްދުގައި ނޫން ކަމަށެވެ. އަދި އެ ފްލެޓްގެ މަރާމާތުގެ ބައެއް މަސައްކަތްތައް ކުރަމުންދާތީ އެހާ އަވަހަށް އެތަނަށް ބަދަލު ނުވާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ޝާހިދު ކަޕޫރު އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ކަބީރް ސިންގ" ފިލްމުންނެވެ. އެފިލްމަކީ މިއަކަރު ބޮކްސް އޮފީހުގެ ބޮޑު ހިޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް