ބޮލީވުޑްގެ ކިންގް ޝާހްރުކް ޚާންގެ އުފަންދުވަސް މިއަހަރު ފާހަގަކުރާނީ ކުޑަކޮށް ކަމަށް އޭނާގެ އަނބިމީހާ ގޯރީ ޚާން ބުނެފިއެވެ.
ކޮންމެ އަހަރަކުވެސް ޝާހުގެ އުފަންދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރާއިރު، އެދުވަހު އޭނާގެ އެތައް މިލިއަން ފޭނުންނެއް އޭނާ އުޅޭ ގެ "މަންނަތު" ކައިރިއަށް އެއްވެއެވެ. އެދުވަހުގެ އެންމެ ހާއްސަ ވަގުތުކޮޅަކީ ޝާހު އޭނާގެ ބެލްކަންޏަށް ނިކުމެ ފޭނުންނަށް ފެނިލާ ވަގުތުކޮޅެވެ.
ގޯރީ ބުނީ އެހެން އަހަރުތަކާ ހިލާފަށް މިފަހަރު ޝާހުގެ އުފަންދުވަސް ފާހަގަކުރާނީ ގޭގައި އާއިލާ އާއި އެކުގައި ކަމަށެވެ. އަދި މިއަހަރުގެ އުފަންދުވަހު ގޭގެގައި ހާއްސަ ކެއުމެއް ތައްޔާރު ކުރާނެ ކަމަށާއި، އެކެއުމުގައި ބައިވެރިވާނީ ހަމައެކަނި އާއިލާ މީހުން ކަމުގައެވެ.
މިއަހަރުގެ ނޮވެންބަރު 2 ވަނަ ދުވަހު ޝާހު އަށް 54 އަހަރު ފުރޭނެ އެވެ. މިއަހަރުވެސް އޭނާގެ ފޭނުންގެ އުންމީދަކީ ޝާހު ބެލްކަންޏަށް ނިކުމެ ފޭނުންނާއި ބައްދަލު ކުރާނެ ކަމުގެ އުންމީދެވެ. ނަމަވެސް ގޯރީގެ މިވާހަކަތަކުން ގިނަ ފޭނުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް