އިންފޮމޭޝަން އޮފިސަރުންނާއި ދައުލަތުގެ އިދާރާތަކުގެ ދިވެހި މުވައްޒަފުންނަށް ބާއްވަމުން ގެންދާ ސިލްސިލާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތަކުގެ ތެރެއިން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.
ޒޫމް މެދުވެރިކޮށް ކުރިއަށް ގެންދިޔަ މިބައްދަލުވުންތަކުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބައިވެރިވެ ވަޑައިގަތީ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝިޔާމާއި، ޕްރޮގްރާމް އޮފިސަރ ޢަބްދުﷲ ރަޝީދު އެވެ.
މިބައްދަލުވުމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ 27 ބޭފުޅުން ބައިވެރިވިއެވެ.
މި ބައްދަލުވުމުގައި ޤާނޫނު ނަންބަރު:1/2014 (މަޢޫލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގައި ހުރި މައިގަނޑު ބައިތައް އެކުލެވޭ ގޮތަށް ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަން ދިނުން އޮތެވެ. މި ބައްދަލުވުމުގައި ޕްރެޒެންޓޭޝަން ހުށަހަޅައިދެއްވައި، މުވައްޒަފުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވީ ޑިރެކްޓަރ ޖެނެރަލް އަޙުމަދު ޝިޔާމެވެ.
މި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަކީ މި އަހަރު މިގޮތަށް ކުރިއަށް ގެންދެވުނު ހަތްވަނަ ބައްދަލުވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް