ހުޅުމީދޫގައި ވެމްކޯގެ ވެށިފާރަވެރިއެއްގެ ފައިގެ އިނގިލިތަކަށް އަނިޔާވެ، ފަރުވާ ދެނީ

އައްޑޫ ސިޓީގެ ހުޅުމީދޫގައި ހިނގި ހާދިސާއެއްގައި ވެމްކޯގެ ވެށިފާރަވެރިއެއްގެ ފައިގެ އިނގިލިތަކަށް އަނިޔާވެއްޖެ އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނުގެ ވަގުތެއްގައި މި ހާދިސާ ހިނގި އިރު، އ...

23 Sep 2020 | 11:35

އައްޑޫ ސިޓީގެ ހުޅުމީދޫގައި ހިނގި ހާދިސާއެއްގައި ވެމްކޯގެ ވެށިފާރަވެރިއެއްގެ ފައިގެ އިނގިލިތަކަށް އަނިޔާވެއްޖެ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނުގެ ވަގުތެއްގައި މި ހާދިސާ ހިނގި އިރު، އޭނާ ހުރީ ކުނިލޮރީގެ މަތީގައެވެ. އަދި އޭނާގެ ފަޔަށް އަނިޔާވީ ކުނި ލޮރީގެ މަތީގައި ހުއްޓައި އޭގެ ފަހަތް ލެއްޕި އިރު، އެމީހާގެ ފައި ތާށިވެގެންނެވެ.

ހުޅުދޫ ތެރެއިން ކުނި ނަގަމުން ދަނިކޮށް ހިނގި މިހާދިސާގައި އޭނާގެ ދެފައިގެ އިގިލިތަކަށްވެސް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.

މި ހާދިސާ ހިނގުމާއެކު އޭނާ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މިހާރު ވަނީ ހިތަދޫއަށް ފޮނުވާލާފައެވެ.

މިކަމާއި ގުޅިގެން ވެމްކޯގެ ބަހެއް ލިބޭގޮތް އަދިވަނީ ނުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް