ލީގް ކަޕް: ލުޓަން އަތުން މޮޅުވެ ޔުނައިޑެޓު ހަތަރުވަނަ ބުރަށް ދަތުރުކޮށްފި

އިނގިރޭސި ލީގް ކަޕްގައި ރޭ ކުޅުނު މެޗުން ފަސޭހަ ކަމާއި އެކު މެންޗެސްޓަރ ޔުނައިޓެޑް އިން ކުރި ހޯދައި ލީގު ކަޕްގެ ހަތަރުވަނަ ބުރުން ޖާގަ ހޯދައިފިއެވެ. އިނގިރޭސި ދެވަނަ ޑިވިސަން ގެ ކުލަބެއް ކަމުގައިވާ ލު...

23 Sep 2020 | 04:20

އިނގިރޭސި ލީގް ކަޕްގައި ރޭ ކުޅުނު މެޗުން ފަސޭހަ ކަމާއި އެކު މެންޗެސްޓަރ ޔުނައިޓެޑް އިން ކުރި ހޯދައި ލީގު ކަޕްގެ ހަތަރުވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

އިނގިރޭސި ދެވަނަ ޑިވިސަން ގެ ކުލަބެއް ކަމުގައިވާ ލުޓަން ޓައުން އެފްސީ އާއި ވާދަކޮށް ޔުނައިޓެޑް އިން ކުރި ހޯދީ 0-3 ގެ ނަތީޖާއިންނެވެ.

ރޭ ލުޓަންއާއި ދެކޮޅަށް ޔުނައިޓެޑުން ކުޅުނު މި މެޗަކީ ލީގު ކަޕްގެ ތިން ވަނަ ބުރުގެ މެޗެކެވެ. އަދި މި މެޗުން މޮޅުވެ އެޓީމުން ވަނީ މުބާރާތުގެ ހަތަރު ވަނަ ބުރަށް ދަތުރުކޮށްފައެވެ.

ލުޓަން އެފްސީއާއި ދެކޮޅަށް ޔުނައިޓެޑު ރޭ ކުޅެ މޮޅުވި މެޗުގައި އެޓީމަށް ލަނޑުތައް ޖަހައިދިނީ ހުއަން މަޓާ، ރަޝްފޯޑް އަދި ގްރީން ވުޑްއެވެ.

މި މުބާރާތުގެ ހަތަރުވަނަ ބުރުގައި ޔުނައިޓެޑު ބައްދަލުކުރަން ޖެހޭނީ މިރޭ ޕްރިސްޓަން އަދި ބްރައިޓަން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް