ސައޫދީ ދިދައަށް އިހާނެތިކޮށް ހިތައިފިނަމަ އެއް އަހަރުގެ ޖަލު ހުކުމެއް

ސައޫދީ އަރަބިއްޔާގެ ގައުމީ ދިދައަށް އިހާނެތިކޮށް ހިތައިފިނަމަ އެއް އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ތިން ހާސް ރިޔާލުން ޖޫރިމަނާކުރާނެކަން އެ ގައުމުގެ ޕަބްލިކް ޕްރޮސެކިއުޝަނުން ހާމަކޮށްފިއެވެ. އެގޮތުނ...

23 Sep 2020 | 02:28

ސައޫދީ އަރަބިއްޔާގެ ގައުމީ ދިދައަށް އިހާނެތިކޮށް ހިތައިފިނަމަ އެއް އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ތިން ހާސް ރިޔާލުން ޖޫރިމަނާކުރާނެކަން އެ ގައުމުގެ ޕަބްލިކް ޕްރޮސެކިއުޝަނުން ހާމަކޮށްފިއެވެ.

އެގޮތުން ސައޫދީ ޕަބްލިކް ޕްރޮސެކިއުޝަނުން އިއްޔެ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން އެމަގުން އަމަލުކުރަމުންދާނެ ކަމަށެވެ. މިފަދަ އިންޒާރެއް ދީފައިވާއިރު މިއަދަކީ އެ ގައުމުގެ 90 ވަނަ ގައުމީ ދުވަހެވެ.

އެ ޓްވީޓްގައި އިތުރަށް ބުނެފައިވާގޮތުގައި އެ ގައުމުގެ ދިދައިގެ އިތުރުން، އެކުވެރި އެހެން ގައުމެއްގެ ދިދައަށް ނުވަތަ ނިޝާނަކަށް އިހާނެތިކޮށް ހިތައިފިނަމަވެސް އަދަބުދެވޭނެ ކަމަށެވެ.

ސައޫދީ ދިދައިގާ ފެހި ކުލަ އާއި ހުދު ކުލަ ހިމެނޭއިރު ހުދުކުލައިން ލިޔެފައިވަނީ ޝަހާދަތުގެ ދެކަލިމައެވެ. ޝަހާދަތުގެ ދެ ކަލިމައިގެ އިތުރުން ކަނޑިއެއް އެ ދިދައިގާ ހިމަނާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް