މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ޙާދިސާގެ ފުރިހަމަ ތަޙުގީގެއް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރީން އިން ވިދާޅުވީ، އަލިފާން ޙާދިސާގެ ފުރިހަމަ ތަހުގީގެއް ސިފައިންގެ އެހީތެރިކަމާއެކު ފުލުހުން ކުރާކަމަށެވެ. އަދި އެ ތަޙުގީގުގެ ކަންކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ބައްލަވާ ކަމަށެވެ.
މީގެ އިތުރުން ހޯމް މިނިސްޓްރީން ވިދާޅުވީ، ކަންބޮޑުވުންތައް އުފެދި ނުތަނަވަސް ކަން އިތުރުވާ ފަދަ ވާހަކަތަކުގެ ސަބަބުން ތަހުގީގަށް ގޮންޖެހުން ކުރިމަތިވެދާނެ ކަމަށާއި އެފަދަ ކަންކަމުން ދުރުވުމަށެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ހެންވޭރު އަބަދަށްފަހި މަގުގައި ހިނގި އަލިފާނުގެ ޙާދިސާގައި ވަނީ 46 އަހަރުގެ އަންހެނަކު ވެސް ނިޔާވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް