ރާއްޖެއަށް މޫސުން ގޯސްވެ ކަނޑުގަދަވުމާއި ގުޅިގެން ކަނޑުދަތުރު ކުރާ ފަރާތްތައް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން މިރޭ ވިދާޅުވީ މޫސުން ގޯސްވުމާއި ގުޅިގެން ކަނޑުދަތުރުކުރާ ފަރާތްތަކުން ޙާއްސަ ސަމާލު ކަމެއް ދޭން އެދޭ ކަމަށެވެ.
އެގޮތުން ރ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށްވަނީ ވައިޓް އެލާޓް ނެރެފައެވެ. އަދި ދަތުރަށް ފެށުމުގެ ކުރިން ކަމާބެހޭ ފަރާތްތަކާ ދަތުރުގެ މައުލޫމާތު ހިއްސާ ކުރުމަށް ވެސް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާ ކޮށްފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެއެވެ. ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް