އަލިފާނުގެ ހާދިސާއަކީ ނިރުބަވެރި ހަމަލާއެއް ކަމަށް ނުބެލެވޭ: ފުލުހުން

މިދިޔަ ހުކުރު ދުވަހުގެ ރޭ ހެންވޭރުގައި ހިނގާދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާއަކީ ނިރުބަވެރި ހަމަލާއެއްކަމުގައި ނުބެލެވޭކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ. ފުލުހުން މިހެން ބުނެފައިވަނީ ...

23 Sep 2019 | 12:13

މިދިޔަ ހުކުރު ދުވަހުގެ ރޭ ހެންވޭރުގައި ހިނގާދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާއަކީ ނިރުބަވެރި ހަމަލާއެއްކަމުގައި ނުބެލެވޭކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ އެ ސަރަހައްދުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެ ހާދިސާއަކީ ނިރުބަވެރި ހަމަލާއެއް ކަމުގައި ނުބެލެވޭކަމަށް ފުލުހުން ބުނެފައިވާއިރު އެއީ ނިރުބަވެރި ހަމަލާއެއް ކަމަށް، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ރޭގެ ވަގުތެއްގައި ވަނީ ވިދާޅުވެފައެވެ.

އެ ހާދިސާއާއި ގުޅިގެން މަޖިލިސް މެމްބަރަކު އެހެން ވިދާޅުވުމުން އާންމުންގެ ތެރޭގައި ވަރަށް ބޮޑަށް ބިރުވެރިކަން އުފެދިގެން ދިޔައެވެ. ހާއްސަކޮށް އެ މެމްބަރަކީ ވެރިކަން ކުރާ ޕާޓީގެ މެމްބަރަކަށް ވުމުންނެވެ.

ނަމަވެސް ފުލުހުން މިވަނީ އެއީ ނިރުބަވެރި ހަމަލާއެއްކަމުގައި ނުބެލެވޭ ކަމަށް ބުނެފައެވެ. އެހެންނަމަވެސް ތަހުގީގު އަދި އޮތީ ވަރަށް ޅަފަތުގައި ކަމާއި ތަހުގީގު އޮތީ ކުރިއަށްކަން ފުލުހުން ހާމަކުރެއެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް