ރައީސް މައުމޫނާއި ދެކޮޅަށް ޖާބިރު ހުށަހެޅި މައްސަލައިގައި ބަޔާން ނެގުން މިރޭ

ރައީސް މައުމޫނާއި ދެކޮޅަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅި މައްސަލައިގައި ބަޔާން ނެގުމަށް މިރޭ ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފިއެވެ. ޑީއާރްޕީން ބުނިގޮތުގައި، ރިޔާސީ އިންތިޚާބުގ...

23 Sep 2019 | 09:57

ރައީސް މައުމޫނާއި ދެކޮޅަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅި މައްސަލައިގައި ބަޔާން ނެގުމަށް މިރޭ ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފިއެވެ.

ޑީއާރްޕީން ބުނިގޮތުގައި، ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މައްޗަށް 29 މިލިއަން ރުފިޔާ ދެއްވިކަމަށް ހުށަހަޅާފައިވާ މަކަރާއި ހީލަތުގެ މައްސަލައިގެ ތަހުގީގަށް ބަޔާން ދިނުމަށް އެޕާޓީގެ ރައީސް، ޖާބިރު މިރޭ 20:00 އަށް ޝަހީދު ހުސެން އާދަމް ބިލްޑިންގއަށް ހާޒިރުވާނެ ކަމަށެވެ.

ޖާބިރު ވިދާޅުވީ، ފުރަތަމަ މިމައްސަލަ ހުށަހަޅެމުން ހެއްކެތް ނެތްކަމަށްބުނެ މައްސަލަ ނުބަލަން ނިންމާފައިވާ ކަމަށާއި، ޖާބިރު ކުރެއްވި ތުހުމަތުތައް އެމްއާރްއެމްއިން ވެސް ދޮގުކުރައްވާފައިވާ ކަމަށެވެ. އެހެން ނަމަވެސް މިމަހުގެ ދެވަނަ ދުވަހު 12 ހެއްކާއެކު ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވިގޮތުގައި މި މައްސަލަ ފުލުހަށް ހުށަހެޅުއްވީ ރައީސް މައުމޫން އޭނާގެ އަތުން އެކި ފަހަރު މަތިން 29 މިލިއަން ރުފިޔާ ނެންގެވުމަށްފަހު އެފައިސާ އަނބުރާ ހޯދަން ކުރެއްވި މަސައްކަތް ކާމިޔާބު ނުވުމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް