ހުކުރު ދުވަހުރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެ ސަރަހައްދުގެ ބޮޑު ބައެއްގެ ވައި ނުސާފުވެ، ދުމުގެ އަސަރުކޮށްފައި ވާތީ މެދުކަނޑައިލި ކިޔެވުން މިއަދު ކުރިއަށް ދާކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ކެމިކަލް ވަހާއި ދުމުގެ އަސަރު ހުރުމުގެ ސަބަބުން، އިއްޔެ މަޖީދިއްޔާ ސުކޫލުގެ މެންދުރު ދަންފަޅީގެ ކިޔެވުން ވަނީ ބަންދުކޮށްފައެވެ.
އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ސުކޫލު ދަރިވަރުންނަށް ބޭނުންވާ ޔުނީފޯމާއި ފޮތް އަދި ކިޔެވުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް އެ މިނިސްޓްރީން ދަނީ ކުރަމުންނެވެ. އަދި ޔުނީފޯމު ހަމަނުޖެހޭ ދަރިވަރުން އާދައިގެ ހެދުމުގައި ސުކޫލަށް ދިއުމަށް ވެސް އެމިނިސްޓްރީން ވަނީ ހަމަޖައްސައިދީފައެވެ.
މިހާދިސާގައި ހާލުގައި ޖެހުނު ދަރިވަރުންގެ ހާލު ބެއްލެވުމަށް، ދަރިވަރުން ކިޔަވާ ސުކޫލުތަކަށް މިނިސްޓްރު އައިޝަތު އަލީ ވަނީ އިއްޔެ ޒިޔާރަތް ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް