ސަލްމާން ޚާނަކީ ލޯބިވެރިޔާ ކަމަށް ގިނަބަޔަކު ކުރާ ތުހުމަތުތަށް ދޮގުކޮށް، އެއީ ގާތް އެކުވެރިޔެއް ކަމަށް ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފް ބުނެފިއެވެ.
ދެތަރިން މާގިނައިން އެކީ ފެންނާތީ ގިނަ ބަޔަކު އެމީހުން އުޅެނީ ރައްޓެހިވެގެން ކަމަށް ގަބޫލުކުރެއެވެ. މިކަމާ ގުޅިގެން ދާދިފަހުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން ކެޓްރީނާ ބުނީ، އެއީ އޮޅުމެއް ކަމަށާއި، ސަލްމާނަކީ ވަރަށް ގާތް އެކުވެރިއެއް ކަމުގައެވެ. އެ އެކުވެރި ކަމަށް މިހާރު 16 އަހަރު ވެދާނެ ކަމަށާއި، ސަލްމާން ކަހަލަ އެކުވެރިޔެއް ލިބޭނީ ނަސީބު ވެރިއަކަށް ކަމުގައި ވެސް އޭނާ ވަނީ ބުނެފައެވެ.
ސަލްމާނާއި ކެޓްރީނާ އަކީ ކުރީގެ ދެލޯބިވެރިންނެވެ. އެމީހުންގެ ގުޅުމަށް ނިމުން އައި ނަމަވެސް ދެމީހުންގެ އެކުވެރިކަމަށް ބަދަލެއް ނާދެއެވެ. ދެމީހުން ވަކިވި ފަހުންވެސް އެކީގައި ފިލްމް ތަކުންވެސް ވަނީ ފެނިގެންގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް