މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރަން ހުޅުވާލައިފި

މާލޭގައި ހުރި ކެމިކަލް ގުދަންތައް ކ. ތިލަފުއްޓަށް ބަދަލުކުރަން އެދި ހުށަހެޅުމުގެ ފުރުސަތު ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް) އިން ހުޅުވާލައިފިއެވެ. މިއަދު ޖީއެމްއައިޒެޑް އިން ...

23 Sep 2019 | 08:41

މާލޭގައި ހުރި ކެމިކަލް ގުދަންތައް ކ. ތިލަފުއްޓަށް ބަދަލުކުރަން އެދި ހުށަހެޅުމުގެ ފުރުސަތު ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް) އިން ހުޅުވާލައިފިއެވެ.

މިއަދު ޖީއެމްއައިޒެޑް އިން ނެރުނު އިއުލާނުގައި ބުނީ، ކެމިކަލް ރައްކާކުރާ ގުދަންތަކެއް ތިލަފުށީގައި ހަދަން ފަށާފައިވާ ކަމަށާއި އެ ގުދަންތައް ދޫކުރެވޭނީ އެކަމަށް އެދި ފޯމު ހުށައެޅުމުން ކަމަށެވެ.

އެގޮތުން ގުދަން ދޫކުރުމުގައި އެންމެ ބޮޑު އިސްކަމެއްދެވޭނީ މިވަގުތު އެންމެ ނުރައްކާތެރި މުދާ ގުދަން ކޮށްފައިވާ ފަރާތްތަކަށް ކަމުގައި ޖީއެމްއައިޒެޑް އިން ބުނެފައިވެއެވެ.

ޖީއެމްއައިޒެޑްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު މީޑީއާ ތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފަސޭހައިން ހުޅުހިފާ ޒާތުގެ މުދާ ރައްކާކޮށްފައިވާ 126 ގުދަނެއް މާލޭގައި އެބަހުރި ކަމަށާއި، އޭގެ ތެރެއިން 26 ގުދަނެއް ވަރަށް އަވަހަށް ތިލަފުއްޓަށް ބަދަލުކުރަންޖެހޭކަމަށް ސަރުކާރުން ވިދާޅުވެފައިވާ ކަމަށެވެ.

އާ ގުދަންތައް ހަދައި ކުރިއަށް އޮތް ދެ މަސްތެރޭގައި އެތަނަށް މުދާ ބަދަލުކުރެވޭނެ ކަމަށް ވެސް ޖީއެމްއައިޒެޑްގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.

ކެމިކަލް ގުދަންތައް ތިލަފުއްޓައް ބަދަލުކުރަން ސަރުކާރުން ނިންމެވީ މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭ ގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް