ފިރިމީހާގެ އެންމެ ފޫހި އާދައަކީ ކޮންމެ ކަމަކަށް ނޫނެކޭ ބުނުން: ކަރީނާ

ބޮލީވުޑްގެ މަޝްހޫރު ޖޯޑު ކަރީނާ އާއި ނަވާބް ސައިފް އަލީ ޚާންގެ ވަރުގަދަ ގުޅުމުގައި ވެސް އެކަކު އަނެކަކުގެ ކިބައިން ފޫހިވާ ކަންކަން ފެންނަ ކަމަށް ކަރީނާ ކަޕޫރު ބުނެފިއެވެ. ސެލެބްރިޓީ ޗެޓް ޝޯވ އެއްގައި ...

23 Sep 2019 | 05:33

ބޮލީވުޑްގެ މަޝްހޫރު ޖޯޑު ކަރީނާ އާއި ނަވާބް ސައިފް އަލީ ޚާންގެ ވަރުގަދަ ގުޅުމުގައި ވެސް އެކަކު އަނެކަކުގެ ކިބައިން ފޫހިވާ ކަންކަން ފެންނަ ކަމަށް ކަރީނާ ކަޕޫރު ބުނެފިއެވެ.

ސެލެބްރިޓީ ޗެޓް ޝޯވ އެއްގައި ވާހަކަ ދައްކަމުން ކަރީނާ ބުނީ، ސައިފްގެ އެންމެ ފޫހިވާ ކަމަކީ ކޮންމެ ކަމަކަށް ފުރަތަމަ ނޫނެކޭ ބުނުން ކަމަށެވެ. ކަމެއް ކުރަން ހުއްދައަށް އެދުމުން ނުވަތަ ކަމެއް ކޮށްދިނުމަށް އެދުމުން ސައިފް އެންމެ ފުރަތަމަ ވެސް ދޭ ޖަވާބަކީ "ނޯ" މިއެވެ.

ކަރީނާ ބުނީ، ނޫނެކޭބުނުމަށްފަހު ގަޑިއެއް ނުވަތަ ދެގަޑިއިރެއް ފަހުން "ޔެސް ޑޫ އިޓް" ނުވަތަ "ޔެސް" އޭ ކިޔާފައި ރިޕްލައިއެއް ކޮށްލާނެ ކަމަށެވެ. އެންމެ ފުރަތަމަ ވެސް އާނ އެކޭ ނުބުނަނީ ކީއްވެގެންތޯ އަބަދުވެސް ފިރިމީހާ ކައިރީ އަހާކަމަށް ކަރީނާ ވަނީ ބުނެފައެވެ.

ކަރީނާ އިތުރަށް ބުނީ، އޭނާގެ ފަރާތުން ވެސް ފޫހިވާ ކަންކަން ފިރިމީހާ އަށް ފާހަގަވާނެ ކަން ޔަގީން ކަމުގައެވެ. ނަމަވެސް އެއިން އެއްވެސް ކަމަކުން ދެމީހުންގެ ގުޅުމަށް ހީނަރުކަމެއް ނާންނާނެ ކަމުގެ ޔަގީންކަން އޮތް ކަމަށްވެސް ކަރީނާ ބުންޏެވެ.

ކަރީނާ އާއި ސައިފް ކައިވެނި ކުރީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. ކައިވެންޏަށް ހަތް އަހަރުވެފައިވާއިރު އެމީހުންނަށް ވަނީ ދައިއަކު ވެސް ލިބިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް