ރިސޯޓަކުން ވަގަށްނެގި އޭސީތަކެއް ގެތަކެއްގައި ބޭނުންކުރަމުންދަނިކޮށް އެތަކެތި އަތުލައިގަނެ އެކަން ކުރިކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި ރ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ކޮއްޓަފަރުން ހަތަރު އޭސީ ވަގަށް ނަގާފައިވާކަމުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ އަންގާރަ ދުވަހުގެއެވެ.
"ރ. މަޑުއްވަރީ ދެ ގެއެއްގައި ދެ އޭސީ ހަރުކޮށްފައިވާކަމަށް އަދި ދެ ގެއެއްގައި ދެ އޭސީ ބަހައްޓާފައިހުރިކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ހަތަރު ގެ ބަލާ ފާސްކޮށް ހަތަރު އޭސީ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެވިފަ" ފުލުހުން ބުނެފައިވެއެވެ.
ކޯޓު އަމުރަކާއެކު ހިންގި އެ އޮޕަރޭޝަނާއި ގުޅޭގޮތުން ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން އިއްޔެ ހަވީރު 21 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް