މާބަނޑު އަންހެން މީހާ ދައުލަތުގެ އެއްވެސް އެހީތެރިކަމެއް ގަބޫލެއް ނުކުރި !

އެހީތެރިކަން ބޭނުންވާ މާބަނޑު މީހަކު ބާޒާރުމަތީގައި އުޅޭ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވުމާއެކު އެކަން ބަލަން ފަށައި، އެ އަންހެންމީހާ ހޯދާ އެ އަންހެންމީހާއަށް ހުށަހެޅި އެއްވެސް ބާ...

23 Sep 2019 | 02:37

އެހީތެރިކަން ބޭނުންވާ މާބަނޑު މީހަކު ބާޒާރުމަތީގައި އުޅޭ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވުމާއެކު އެކަން ބަލަން ފަށައި، އެ އަންހެންމީހާ ހޯދާ އެ އަންހެންމީހާއަށް ހުށަހެޅި އެއްވެސް ބާވަތެއްގެ އެހީތެރިކަމެއް ގަބޫލުކޮށްފައިނުވާކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް (ޖެންޑަރ މިނިސްޓްރީ) އިން ބުނެފިއެވެ.

އެ މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ ކޮށްފައިވާ ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ބުނެފައިވަނީ އެހީތެރިކަން ބޭނުންވާ މާބަނޑު އަންހެނަކު ބާޒާރުމަތީ ސަރަޙައްދުގައި އުޅޭ ކަމުގެ މަޢުލޫމާތު ލިބުމުން، އޭނާ ހޯދުމަށް ފަހު މިނިސްޓްރީން ވަނީ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތްކޮށްފައި ކަމަށާއި ނަމަވެސް ހުށަހެޅި އެއްވެސް ބާވަތެއްގެ އެހީތެރިކަމެއް ޤަބޫލުކޮށްފައި ނުވާ ކަމަށެވެ.

އެހެން ނަމަވެސް ފުލުހުންގެ އެހީތެރިކަމާއެކު ހޮސްޕިޓަލަށް ގެންދެވި އޭނާގެ ޙާލަތު ބެލެވިފައިވާކަމުގައިވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކުން ފެންނަނީ ބުރުގާ އަޅައިގެން ރަތް ހެދުމެއް ލައިގެން އިން އަންހެނަކު ބާޒާރުމަތީގައި ޕެލެޓް ފޮށިގަނޑެއްގެ މަތީގައި އިށީނދެ އިންނަ މަންޒަރެވެ. ވިއްސާރަ ކޯޓެއް ކަހަލަ އެއްޗެއް ބޯމަތީގައި އަޅައިގެން އިން މަންޒަރުވެސް ފެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް