ތުއްތު ކުއްޖަކާއި ގުޅުންހުރި އާއިލީ މައްސަސަލައެއް ބަލަން ފަށައިފި

ހަ މަހުގެ ތުއްތު ކުއްޖަކާއި ގުޅުންހުރި އާއިލީ މައްސަލައެއް ބަލަމުން އަންނަ ކަމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސް (ޖެންޑަރ މިނިސްޓްރީ) އާއި ފުލުހުން ބަލަން ފަށައިފިއެވެ. މީޑިއާތ...

23 Sep 2019 | 02:20

ހަ މަހުގެ ތުއްތު ކުއްޖަކާއި ގުޅުންހުރި އާއިލީ މައްސަލައެއް ބަލަމުން އަންނަ ކަމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސް (ޖެންޑަރ މިނިސްޓްރީ) އާއި ފުލުހުން ބަލަން ފަށައިފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ޖެންޑަރ މިނިސްޓްރީން ބުނެފައިވަނީ ކުޑަކުއްޖަކާއި ގުޅުންހުރި އާއިލީ މައްސަލައެއް މިނިސްޓްރީން ބަލަމުން އަންނަ ކަމަށެވެ. އެއީ ކުއްޖާއާއި ގުޅުންހުރި ދެމަފިރިންގެ އާއިލީ މައްސަލައެއް ކަމަށެވެ. އަދި މައްސަލައިގެ ތަފްސީލް ދެވެން ނެތްކަމަށެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ހަ މަހުގެ ކުއްޖަކާ ގުޅޭ މައްސަލައެއް މި މަހުގެ 20 ވަނަ ދުވަހު (މިދިޔަ ހުކުރު ދުވަހު) ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. އަދި އެ މައްސަލަ އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ. މިހާރު އެ ކުއްޖާ ވަނީ ރައްކާތެރި މާހައުލެއްގައި ކަމުގައިވެސް ފުލުހުން ބުނެފައިވެވެ.

މި މައްސަލައިގެ ހަބަރު އެންމެ ފުރަތަމަ ރިޕޯޓްކުރި ފެށުން ނޫހުގައި ބުނެފައިވަނީ ހަ މަހުގެ ތުއްތު ކުއްޖަކު ގޮވައިގެން ބައްޕަ ފިލައި ކަމަށެވެ. އެ ނޫހަށް މައުލޫމާތުދެމުން އެ ތުއްތު ކުއްޖާގެ މަންމަ ބުނެފައިވަނީ ތުއްތު ކުއްޖާ ގެއްލިފައިނުވާކަމަށާއި ނަމަވެސް އެ ކުއްޖާގެ ބައްޕަ އެކުއްޖާ ފޮރުވާފައިވާކަމަށެވެ.

ކުއްޖާ ހޯދުމަށް މަންމަ ކުރަމުންދާ މަސައްކަތަށް އެކުއްޖާގެ ބައްޕަގެ އާއިލާއިން އެއްބާރުލުން ދީފައިނުވާކަމަށްވެސް އެނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.

ޖެންޑަރ މިނިސްޓްރީ އަފި ފުލުހުންވެސް ބުނެފައިވަނީ ކުއްޖަކު ގެއްލިގެން ރިޕޯޓްކޮށްފައިނުވާކަމަށެވެ. ފުލުހުން ބުނެފައިވަނީ މަންމައަށް ނޭނގި ހަ މަހުގެ ތުއްތު ކުއްޖަކު ގޮވައިގެން ފިލިކަމުގެ މައްސަލައެއް ފުލުހުންނަށްވެސް ހުށަހެޅިފައިނުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް