ހައްދުންމަތިން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ހުދު ސަމާލު

މިހާރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގާ މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ހުދު ސަމާލު ނެރެފިއެވެ. މޫސުމާއިބެހޭ ގައުމީ އިދާރާއިން ނެރެފައިވާ މި ސަމާޅު...

23 Sep 2019 | 01:28

މިހާރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގާ މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން ނެރެފައިވާ މި ސަމާޅުގައި ބުނެފައިވަނީ ފަތިހު 04:00 އާއި ހެނދުނު 08:00 އާއި ދެމެދުގެ ވަގުތުތަކުގައި ލ. އަތޮޅުން އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހުމާއެކު ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށެވެ.

މިއަދުގެ މޫސުމަށް ބަލާލާއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށިގެންވާކަމުގައިވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

"ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގު އުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށިގެންވޭ" މެޓް އޮފީހުން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ ކަނޑު އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް