އަލިފާނުގެ ބޮޑު ހާދިސާއަކީ ނިރުބަވެރި ހަމަލާއެއް ކަމުގައި މެމްބަރު މުއިއްޒު ވިދާޅުވެއްޖެ

މިދިޔަ ހުކުރު ދުވަހުގެރޭ ހެންވޭރުގައި ހިނގާދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާއަކީ ނިރުބަވެރި ހަމަލާއެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުއިއް...

23 Sep 2019 | 01:06

މިދިޔަ ހުކުރު ދުވަހުގެރޭ ހެންވޭރުގައި ހިނގާދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާއަކީ ނިރުބަވެރި ހަމަލާއެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވެފައިވަނީ ރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި އޭނާ ވިދާޅުވެފައިވަނީ މާލޭގައި ހިނގާމިދިޔަ އަލިފާނުގެ ހާދިސާއަކީ ރޭވި އިންތިޒާމްވެގެން ދެވިފައިވާ ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ.

އޭނާގެ އެ ޓްވީޓްގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްގެ ޓްވިޓާ އެކައުންޓާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީގެ ޓްވިޓާ އެކައުންޓްގެ އިތުރުން އެމްއެންޑީއެފް އަދި ޕޮލިސްގެ ރަސްމީ ޓްވިޓާ އެކައުންޓް ޓެގްކުރައްވާފައިވެއެވެ.

މުއިއްޒުގެ މި ވާހަކައާއި ގުޅިގެން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ އަލިފާނުގެ ހާދިސާގެ ތަހުގީގު އަދި އޮތީ ވަރަށް ޅަފަތުގައި ކަމަށެވެ. އަދި އެއްޗެއް ދަންނަވަން ދަތި ކަމަށެވެ. އެހެން ނަމަވެސް ތަހުގީގު ކުރިއަށްދާ މިންވަރަކުން އެރުވެން ހުރި މައުލޫމާތެއް އަރުވަމުންދާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވެފައިވާ އެ ވާހަކަފުޅަށް އެމްއެންޑީއެފްގެ ރަސްމީ ބަހެއް ލިބޭތޯ މީޑިއާތަކުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމަށް ތަކުރާރުކޮށް ސުވާލުކޮށްފައިވެއެވެ. އެހެންނަމަވެސް މިކަމުގައި އެމްއެންޑީއެފުން އަދި އެއްވެސް ކޮމެންޓެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް