ވަގުތީ ނަތީޖާއިން އިބޫ އިންތިހާބު ކާމިޔާބު ކުރައްވައިފި!

މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓުގެ ވަގުތީ ނަތީޖާއިން އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ރަނިން މޭޓު ފައިސަލް ނަސީމު އިންތިހާބު ކާމިޔާބު ކުރައްވައިފި އެވެ. މިހާތަނަށް އި...

23 Sep 2018 | 18:39

މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓުގެ ވަގުތީ ނަތީޖާއިން އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ރަނިން މޭޓު ފައިސަލް ނަސީމު އިންތިހާބު ކާމިޔާބު ކުރައްވައިފި އެވެ.

މިހާތަނަށް އިއުލާނު ކުރެވިފައިވާ ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އިދިކޮޅު ކެންޑިޑޭޓު އިބޫއަށް 113 ހާހަށްވުރެ ގިނަ ވޯޓު ލިބިފައިވެ އެވެ. ރައީސް އަބްދުﷲ ޔާމީން އަށް 81 ހާހަށްވުރެ ގިނަ ވޯޓު ލިބިފަ އެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން ދެން ނަތީޖާގެ ޕަސެންޓޭޖަށް މާބޮޑު ބަދަލެއް ނާންނާނެ އެވެ. މިހާރު ވަގުތީ ނަތީޖާ ނުލިބިވަނީ 50 ވަރަށް ފޮށީގެ އެވެ.

ވަގުތީ ނަތީޖާއިން އިބޫ ކުރި ހޯއްދެވުމުން އިދިކޮޅު ފަރާތްތަކުން މިހާރު ގެންދަނީ އިބޫއަށް މަރުހަބާ ދަންނަވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް