އައްޑޫެގައި ކުއްލި ގޮތަކަށް ކަރަންޓް ކެނޑިއްޖެ

އައްޑޫ ސިޓީގެ ގުޅިފައިވާ ފަސް ރަށުން ކުއްލި ގޮތަކަށް ކަރަންޓް ކެނޑިއްޖެއެވު. މައުލޫމާތު ލިބިފައިވާގޮތުގައި ކަރަންޓް ދިޔައީ މިއަދު ހެނދުނު 11:00 ޖަހާ އެހާއިރު ކަމަށެވެ. އޭނާ ބުނީ ކަރަންޓް ދިޔަ ވަކި ސަބ...

23 Sep 2018 | 07:16

އައްޑޫ ސިޓީގެ ގުޅިފައިވާ ފަސް ރަށުން ކުއްލި ގޮތަކަށް ކަރަންޓް ކެނޑިއްޖެއެވު. މައުލޫމާތު ލިބިފައިވާގޮތުގައި ކަރަންޓް ދިޔައީ މިއަދު ހެނދުނު 11:00 ޖަހާ އެހާއިރު ކަމަށެވެ.

އޭނާ ބުނީ ކަރަންޓް ދިޔަ ވަކި ސަބަބެއް އަދި ސާފު ނުވާ ކަމަށާއި ކަރަންޓްގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކަރަންޓް ދިޔަ ނަމަވެސް ރިޔާސީ އިންތިހާބުގެ ވޯޓުލުން މެދުކަނޑާނުލާ ކުރިއަށްދާ ކަމަށްވެސް ރިޕޯޓްކޮށްފައިވެ އެވެ.

އައްޑޫ ސިޓީގެ ރަށްތަކުން ދޭތެރެދޭތެރެއިން ކަރަންޓް ދިއުމަކީ އާންމުކޮށް ދިމާވާ މައްސަލަ އެކެވެ. މިމައްސަލާގައި ފެކަނަ ކޯޕަރޭޝަންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް