އިންތިހާބާއި ގުޅޭ ޝަކުވާ ބަލައިގަތުން ދަރުބާރުގެއަށް ބަދަލު ކޮށްފި

މިހާރު ކުރިޔަށްދާ ރިޔާސީ އިންތިހާބާއި ގުޅޭ ޝަކުވާ ބަލައިގަތުން ދަރުބާރުގެއަށް ބަދަލުކޮށްފި އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދުން ފެށިގެން ޝަކުވާ ބަލައިގެންނާނީ ދަރުބާރުގޭގައި ގާއިމް ކޮށްފައިވާ ގ...

23 Sep 2018 | 04:41

މިހާރު ކުރިޔަށްދާ ރިޔާސީ އިންތިހާބާއި ގުޅޭ ޝަކުވާ ބަލައިގަތުން ދަރުބާރުގެއަށް ބަދަލުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދުން ފެށިގެން ޝަކުވާ ބަލައިގެންނާނީ ދަރުބާރުގޭގައި ގާއިމް ކޮށްފައިވާ ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ އިން ކަމަށެވެ. އިއްޔެ އާއި ހަމައަށް އިންތިހާބާއި ގުޅޭ ޝަކުވާ ބަލައިގެންފައިވަނީ ބާ ޖަމާލުއްދީންގައި ގާއިމްކޮށްފައިވާ އިންތިހާބާއި ބެހޭ މައި މަރުކަޒުންނެވެ.

އިންތިޚާބާ ގުޅިގެން ހުށަހަޅުއްވާ ޝަކުވާތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު ފަހު 3:00 އަށެވެ. އަދި މިއަދު ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ވޯޓު ނަގަން ފެށުނީއްސުރެ ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާން ކުރުމާ ހަމައަށެވެ.

މި އިންތިޚާބުގައި ވޯޓު ލުމަށް ޓަކައި ޖުމްލަ 472 ވޯޓު ފޮށި ބަހައްޓާއިރު 262,135 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް