އެއްވެސް ހަމަނުޖެހުމަކަށް ފުރުސަތު ނުދެއްވުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް އިލްތިމާސް ކުރައްވައިފިއެވެ.
މަހްލޫފް މިކަަމަށް އިލްތިމާސް ކުރައްވާފައިވަނީ ދެންމެ ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި މަހްލޫފް ވިދާޅުވެފައިވަނީ ފަސް އަހަރު ކެތްކުރިގޮތަށް، ވޯޓްލާ އަދި ވޯޓް ގުނުން ކުރިއަށްދާއިރުވެސް ކެތްތެރިވުމަށް ގޮވާލާ ކަމަށެވެ.
"ޖެއްސުން ކުރާނެ، ފުރައްސާރަ ކުރާނެ، މަލާމާތް ކުރާނެ" މަހްލޫފްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
https://twitter.com/AhmedMahloof/status/1043684162278842368
ރިޔާސީ އިންތިހާބުގެ ވޯޓުލުން ފެށެން މަދު ވަގުތުކޮޅަކަށްވެފައިވާއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވޯޓުލުމަށް އަންނަނީ ކިއު ހަދަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް