ހޯނޑެއްދޫ ރައްޔިތުން ރޭއްސުރެ ކިއުގައި، ހެނދުނުގެ ނާސްތާވެސް ކިއުގައި

ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށަން މަދު ވަގުތުކޮޅަކަށްވެފައިވާއިރު އެންމެ ފޯރިގަދަ އެއް ރަށެއް ކަމަށް ބެލެވެނީ ގދ. ހޯނޑެއްދޫއެވެ. އެގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކަށް ބަލާއިރު ގި...

23 Sep 2018 | 01:16

ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށަން މަދު ވަގުތުކޮޅަކަށްވެފައިވާއިރު އެންމެ ފޯރިގަދަ އެއް ރަށެއް ކަމަށް ބެލެވެނީ ގދ. ހޯނޑެއްދޫއެވެ.

އެގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކަށް ބަލާއިރު ގިނަ އަދަދެއްގެ ބަޔަކު ރޭގެ އެކި ވަގުތުތަކުގައި ކިއުއަށް އަރާފައިވެއެވެ. ބައެއް މީހުން ރޭ އިރާކޮޅުގެ ވަގުތުތަކުގައި ކިއުއަށް އަރާފައިވެއެވެ.

މިހާރުވެސް އެތައް ބަޔަކު ހޯނޑެއްދޫގައި ކިއުގައި ތިބިއިރު ހެނދުނުގެ ނާސްތާވެސް އެއް ބަޔަކު ތައްޔާރު ކުރަމުން އަންނަނީ ކިއު ކައިރީގައެވެ.

ހޯނޑެއްދޫގައި ބަހައްޓާ ވޯޓު ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 571އެވެ. ވޯޓުލުން ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 08:00ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް