ސުވާލު ފޮށީގެ ނަމުގައި، އެސް.އެމް.އެސް މެދުވެރިކޮށް ކުޅޭ ފޯރިގަދަ ސުވާލު މުބާރާތެއް އުރީދޫ އިން ފަށައިފިއެވެ. މި މުބާރާތް ކުޅެ، އެންމެ މޮޅު ސްކޯ ހޯއްދަވާ ބައިވެރިންނަށް އުރީދޫ އިން ވަނީ ސެމްސަންގ ގެލެކްސީ ސްމާޓް ފޯނު އަދި ސެމްސަންގ ގެލެކްސީ ބަޑްސް ހިމެނޭ، އެއް ލައްކަ ރުފިޔާގެ އަގުހުރި އިނާމު ހުށައަޅާފައެވެ.
ސުވާލު ފޮށި މުބާރާތުގައި ބައިވެރިވާ ކުޅުންތެރިންގެ އަމާޒަކަށްވާނީ، އެކި ލެވެލް ތަކަށް ބެހިފައިވާ މި ސުވާލު މުބާރާތުގައި އަހާލެވޭ ތަފާތު ސުވާލުތަކުގެ ޖަވާބު ރަނގަޅުކޮށް، ކުއިޒުން އެންމެ ގިނަ ޕޮއިންޓް ހޯދުމެވެ. 17 ސެޕްޓެމްބަރ 2019 ގެ ނިޔަލަށް ކުރިއަށްދާ ހަތަރު ހަފްތާގެ މި ސުވާލު މުބާރާތުގައި ބައިވެރިވުމަށް، “GO” ޖެއްސެވުމަށް ފަހު 4646 އަށް އެސް.އެމް.އެސް ކުރަށްވާށެވެ.
ސުވާލު ފޮށި ކުއިޒްގައި ބައިވެރިވެ، ކޮންމެ ހަފްތާއަކުވެސް ލީޑަރބޯޑުގައި އެންމެ ކުރި ހޯދާފައިވާ ތިން ކުޅުންތެރިންނަށް ލިބޭ އިނާމުތަކުގެ ތެރޭގައި:
ސުވާލު ފޮށި ކުއިޒް އާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، www.ooredoo.mv އަށް ނުވަތަ މައި އުރީދޫ އެޕް، އުރީދޫ ނެކްސްޓް، އަދި އުރީދޫގެ ސޯޝަލް ޗެނަލްތައް ފަދަ އެކުންފުނީގެ ކޮންމެ ޑިޖިޓަލް ޓަޗްޕޮއިންޓެއްވެސް މެދުވެރިކޮށް އުރީދޫގެ ޓީމާއި ގުޅާލައްވާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް