އަންހެނުންގެ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ބޭއްވުމަށް ހުށަހެޅި ބިޑް ރާއްޖެއިން ކާމިޔާބުކޮށްފި

އަންނަ އަހަރުގެ އަންހެނުންގެ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ބޭއްވުމަށް ހުށަހެޅި ބިޑް ރާއްޖެއިން ކާމިޔާބުކޮށްފިއެވެ. ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަންހެނުނ...

23 Aug 2019 | 10:41

އަންނަ އަހަރުގެ އަންހެނުންގެ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ބޭއްވުމަށް ހުށަހެޅި ބިޑް ރާއްޖެއިން ކާމިޔާބުކޮށްފިއެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަންހެނުންގެ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ބޭއްވުމަށް ރާއްޖެއިން ހުށަހެޅި ބިޑް ކާމިޔާބުވެފައިވާ ކަމަށެވެ.

ރާއްޖެއިން ބިޑް ހުށަހަޅާފައިވަނީ ނޭޕާލުގައި ކުރިއަށްދިޔަ އޭވީސީ ސެންޓްރަލް ޒޯން ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބިޑް ހުށަހެޅުއްވީ ވޮލީބޯޅަ ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރު އަދި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު އިބްރާހީމެވެ.

މީގެ ކުރިން 2017 ވަނަ އަހަރު ފިރިހެނުންގެ އޭވީސީ ސެންޓްރަލް ޒޯން ވޮލީ މުބާރާތް ބާއްވާފައިވަނީ ރާއްޖޭގައެވެ. ނަމަވެސް އެ އަހަރުގެ މުބާރާތުގައި ރާއްޖޭގެ ޓީމަށް ރަނގަޅު ނަތީޖާއެއް ހޯދިފައެއް ނުވެއެވެ.

އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގައި ރާއްޖޭގެ ގައުމީ ފިރިހެން ޓީމުން ވަނީ ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން 2015 ވަނަ އަހަރުގެ މުބާރާތުގައި ރާއްޖޭގެ ޓީމުން ރިހި މެޑެއްޔެއް ހޯދި އިރު، 2016 ވަނަ އަހަރު ލޯ މެޑެއްޔެއް ހޯދިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް