ބޮލީވުޑް ބަތޮލާ ނިހާ ދޫޕިއާގެ އުފަން ދުވަސް ފާހަގަ ކުރުމަށް އޭނާގެ ފިރިމީހާ، އަންގަދު ބޭދީ އަދި ދެމަފިރިންގެ ދަރި، މެހެރް ދޫޕިއާ ބޭދީ މި މަހު 27ގައި ރާއްޖެ އަންނާނެ ކަން ހާމަކޮށްފިއެވެ.
މި ދެ ތަރިން ރާއްޖެ އަންނާނެކަން ހާމަކުރަމުން އަންގަދު ބުނެފައިވަނީ ރާއްޖެއަކީ ދެ ތަރިންނަށްވެސް ވަރަށް ހާއްސަ ތަނެއް ކަމަށާއި އެގޮތުން މާމުއި ހަނދަށް ރާއްޖެ އައިސްފައިވާއިރު މި އަހަރު އަންނަނީ ދަރިފުޅު މެހެރް ވެސް ގެންނާނެ ކަމަށް އަންގަދު ބުނެފައިވެއެވެ.
ދަރިއަކު ލިބުމާއެކު ނިހާ ދޫޕިއާ ފިލްމީ ދާއިރާއާއި ކުޑަކޮށް ދުރުގައި ހުރި ނަމަވެސް އަންގަދު އަންނަނީ ފުލު ފުލުގައި ފިލްމު ކުޅެމުންނެވެ. އެގޮތުން ފުލުފުލުގައި ހަތަރު ޕްރޮޖެކްޓެއްގައި އަންގަދު މިވަނީ މަސައްކަތްކޮށްފައެވެ. އެއީ "ދަ ޒޯޔާ ފެކްޓަރ" އާއި "ވާޑިކްޓް" އާއި "އިންސައިޑް އެޖް" ގެ އިތުރުން "ކާގިލް ގާލް" އެވެ.
ނިހާ ދޫޕިއާ އާއި އަންގަދު ކައިވެނި ކޮށްފައިވަނީ 2018 ވަނަ އަހަރުގައެވެ. ކައިވެންޏަށް ދަރިއަކު ލިބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް