މައުމޫންގެ ހާލަތާއިމެދު ރިޔާޒު ރަޝީދުގެ އަނބިކަނބަލުން ކަންބޮޑުވުން ފާޅުކުރައްވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހާލަތާއިމެދު ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދުގެ އަނބިކަނބަލުން އައިމިނަތު ނާޒްލީ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ނާޒްލީ މިކަމާ ކަންބޮޑުވާކަން ހާމަކ...

23 Aug 2018 | 17:51

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހާލަތާއިމެދު ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދުގެ އަނބިކަނބަލުން އައިމިނަތު ނާޒްލީ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ނާޒްލީ މިކަމާ ކަންބޮޑުވާކަން ހާމަކުރައްވާފައިވަނީ ޓްވިޓާގައިއެވެ. މި ޓްވިޓާ އެކައުންޓަކީ ނާޒްލީގެ ޓްވިޓާ އެކައުންޓެއްކަން ވަރަށް މުއުތަބަރު ގޮތެއްގައި ދުވަހަށް ވަނީ އެނގިފައެވެ.

ރައީސް މައުމޫންގެ މައްސަލައިގާ މިހާތަނަށް ދެ ޓްވީޓެއް ކޮށްފައިވާއިރު 21 ވަނަ ދުވަހު ޓްވީޓްކޮށްފައިވަނީ "މައުމޫންގެ ހާލު އިތުރަށް ގޯސްވެ މާލެއިން ޑޮކްޓަރުން ގެންދަނީ" މި ސުރުހީގެ ދަށުން އަވަސް ނޫހުގައި ޝާއިޢުކޮށްފައިވާ ހަބަރަށް ޓްވިޓާގައި ރައްދުދެއްވަމުންނެވެ.

އެ ޓްވީޓްގައި ނާޒް ޝަކުވާގެ ސުވާލުތަކެއް ކުރައްވާފައިވެއެވެ.

"ހިތެއް އެބައޮތްތޯ؟ ހިތުގަ ވިންދު ޖަހާތޯ؟ އުމުރުން ދުވަސްވީ އެންމެނަށް ރަހްމާއި އޯގާތެރިކޮށް ހިތާން އިސްލާމްދީނުގައި ބާރު އަޅުއްވާފައިވާކަން ނޭނގެނީތޯ؟" ޓްވިޓާގައި ނާޒްލީ މި ސުވާލުތައް ކުރައްވާފައިވެއެވެ.

https://twitter.com/aminath_nazly/status/1031847916325879809

މި މައްސަލައިގާ ދެވަނަ ޓްވީޓެއް މިރޭ ކޮށްފައިވަނީ "މައުމޫން މާފުށީ ޖަލުން ދޫނިދޫއަށް ބަދަލުކޮށްފި" މި ސުރުހީގެ ދަށުން މިހާރު ނޫހުގައި ޝާއިޢުކޮށްފައިވާ ހަބަރަށް ރައްދުދެމުންނެވެ.

ނާޒްލީ ބުނެފައިވަނީ އެއީ ކިނބުލުގެ ކަރުނަ ކަމަށާއި މިނިކާވަގުގެ ހިނިތުންވުން ކަމަށެވެ. ކެޔޮގަނޑު ކަނޑާލީމާ ގަހުގެ ބޭނުން ކެނޑުނީތޯ ނާޒްލީ ސުވާލުކުރައްވާފައިވެއެވެ.

https://twitter.com/aminath_nazly/status/1032665534754476032

"އަޅެފަހެ އިންސާނިއްޔަތު ކަމުގެ ކުނޑިފަށެއްގެ މިންވަރުވެސް ނެތީތޯ؟" ނާޒްގެ ޓްވީޓްގައި އިތުރަށް ބުނެފައިވެއެވެ.

ނާޒްލީ މި މޭރުމުން ޓްވީޓްކޮށްފައިވާއިރު ދާދިފަހުން ރައީސް ޔާމީން ތ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތް ފްލައިޓަށް ރިޔާޒް ރަޝީދު ނޭރުވި ކަމަށާއި އަދި ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށްބުނެ ރިޔާޒް ރަޝީދު، ރައީސް ޔާމީން އިންނެވި ލޯންޗުކޮޅުން ބޭލި ކަމަށްވެސް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް މިކަމާއިމެދު ރިޔާޒް ރަޝީދު އަދި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ނާޒްލީ ފާހަގަވެގެންދަނީ ރިޔާޒް ރަޝީދުގެ ކެމްޕޭނު ހަރަކާތްތަކުގައި އިސްވެ މަސައްކަތްކުރައްވާ ފަރާތެއްގެގޮތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް