ތިން އަންހެން ކުއްޖަކު އަންހެން ކުއްޖަކަށް ހަނގާކުރާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ

ތިން އަންހެން ކުއްޖަކު ގްރޫޕު ހަދާފައި ގޮސް އަންހެންކުއްޖަކަށް ހަނގާކުރާ މަންޒަރު ފެންނަ ވީޑިއޯއެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ. އެފަދަ މައްސަލައެއް ތަހުގީގުކުރަމުން އަންނަކަމުގައި ފުލުހުނ...

23 Aug 2018 | 13:54

ތިން އަންހެން ކުއްޖަކު ގްރޫޕު ހަދާފައި ގޮސް އަންހެންކުއްޖަކަށް ހަނގާކުރާ މަންޒަރު ފެންނަ ވީޑިއޯއެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

އެފަދަ މައްސަލައެއް ތަހުގީގުކުރަމުން އަންނަކަމުގައި ފުލުހުން ބުނެފައިވާއިރު މީސްމީޑިއާގައި ދައުރުވަމުން އަންނަ އެ ވީޑިއޯއިން ފެންނަގޮތުގައި ތިން އަންހެންކުއްޖަކު، އިތުރު އަންހެންކުއްޖަކު ތާކަށް ގެންގޮސް އަނިޔާކުރާ މަންޒަރު ފެނެއެވެ. އަދި ހަޑި ހުތުރުބަހުން މުއާމަލާތްކޮށް އިންޒާރުދޭ މަންޒަރު ފެނެއެވެ.

މި މައްސަލައާއި ގުޅޭ އިތުރު އެއްވެސް މައްސަލައެއް އަދި ފުލުހުން ހާމަކޮށްފައެއްނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް